ކ. މާލެ
|
5 ޖެނުއަރީ 2024 | ހުކުރު 07:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތަށާއި ޔޫ.އޭ.އީ.އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތަށާއި ޔޫ.އޭ.އީ.އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށް ވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ޗައިނާއަށް
މިއަންނަ އާދިއްތަ ދުވަހު ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަންނަވަނީ
މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް
ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 12 އަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 12 އަށެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

މިއީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ކޮޕް-28ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ވަޑައިގަނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރު ވެސް އެމަނިކުފާނު ވަނީ ޗައިނާއެކު ގާތްގުޅުމެއް ބާއްވަވާފައެވެ. އެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވި ނަމަވެސް އެހެން ގައުމުތަކާއި އޮތް ގާތްގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. މިވެރިކަމުގައި ވެސް އެހެން ގައުމުތަކާއި ހިލާފަށް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ޔާމީންގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް