ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 17:52
Cuba’s National Liberation Dayކިއުބާ ދިދަ އަދި ރާއްޖޭގެ ދިދަ
Cuba’s National Liberation Dayކިއުބާ ދިދަ އަދި ރާއްޖޭގެ ދިދަ
ރައީސް އޮފީސް
ކިއުބާގެ މިނިވަން ދުވަސް
ކިއުބާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ މިނިވަންދުވަހުގެ ގޮތުގައި

ކިއުބާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވާ ގެންނެވި އިންގިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް ލިބަރޭޝަން ޑޭ ގެ ގޮތުގައެވެ.

Advertisement

އެގޮތުން ރައީސް މުއިއްޒު ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ވިދާޅުވީ ކިއުބާގެ 1959ވަނަ އަހަރުގެ އިންގިލާބުގެ އަހަރީ ދުވަހުގެ ތަހުނިޔާއެޤައުމުގެ ރައީސްއާ ބޮޑުވަޒީރަށާއި އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް