ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 22:28
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓްތަކެއް ޕާކުކޮށްފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓްތަކެއް ޕާކުކޮށްފައި
ވެލާނާ އެއާޕޯޓް
އޭވިއޭޝަން ފޯރަމް
އޭވިއޭޝަން ދާއިރާ ކުރިއަރުވައި، މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާއަށް އޭވިއޭޝަން ފޯރަމެއް ބާއްވަނީ
 
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު

އޭވިއޭޝަން ދާއިރާ ކުރިއަރުވައި، އެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އޭވިއޭޝަން ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ނަން މަޝްހޫރު މީޑިއަމް އިވެންޓްސްއިން ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ފޯރަމް ބާއްވާނެކަން އިއުލާންކޮށްފައިވަނީ އަންގާރަ ދުވަހު މީޑިއަމް އިވެންޓްސްއިން ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ފޯރަމަކީ، އެއަރލައިންސް އޮޕަރޭޝަން ކޮމިޓީ (އޭއޯސީ)ގެ ތާއީދާއެކު ބޭއްވޭ ފޯރަމެކެވެ. އެގޮތުން މި ފޯރަމުގެ ބޭނުމަކީ ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ކުރިއަރުވައި، އެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް (އޭއޯސީ ހިމެނޭހެން) އެ ދާއިރާގެ ސްޓޭކްހޯލްޑަރުން އެއްތަންވެ، މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމެވެ.

އެގޮތުން މި ފޯރަމުގައި އޭވިއޭޝަން ދާއިރާގެ އެކި ކަންކަމުގެ މައްޗަށް މަޝްވަރާކޮށް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި، އޮޕަރޭޝަނާއި، ޕޮލިސީތައް ކަނޑައެޅުމާއި އަދި ސޭފްޓީފަދަ ކަންކަން ހިމެނެއެވެ.

މި ފޯރަމް ރާވައި އަދި ހިންގާ މީޑިއަމް އިވެންޓްސްއަކީ އެފަދަ ކޯޕަރޭޓް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ހިންގާ ފަރާތެކެވެ. އެގޮތުން މޯލްޑިވްސް މެރިން އެކްސްޕޯ، ބިލްޑް އެކްސްޕޯ، މޯލްޑިވްސް މެރީން އިންޑަސްޓްރީ ފޯރަމް، އަދި ކޮންސްޓްރަކްޝަން ފޯރަމް ފަދަ މުހިންމު، ގިނަ ބަޔަކު ބައިވެރިވާ އަދި ބަލައިގަންނަ އިވެންޓުތައް ބާއްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި
ޑްރަގް އެތެރެކުރުމުގެ ތަހުމަތުގައި ހައްޔަރުކުރި ދެމަފިރިން: ލަގެޖުން 994 ގްރާމުގެ މަސްތުވާތަކެތި އަދި އަތްދަބަހުން 1751 ޑޮލަރު ފެނުނު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި
ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަނަށް އިތުރުކުރުމަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ގެންނަން ޖެހޭ: ސައީދު
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި
ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގައި ދެވޭ ގޮތް ހަދައިފި