ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 11:59
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
ގޫގުލް
ފައިލޭރިއާ ބަލި
ވޯކްޕާމިޓް މެޑިކަލްގައި ފައިލޭރިއާއަށް ޓެސްޓުކުރުން ހިމަނަން މުހިއްމުތޯ މަޝްވަރާ ކުރަނީ
ވޯކް ޕާމިޓް މެޑިކަލްގައި ހިމަނަންވީ ކޮން އުސޫލުތަކެއްތޯއާއި، އެކަން ކުރިއަށް ގެންދާނެ ގޮތުގެ މަސައްކަތްވެސް އޮތީ މަޝްވަރާގެ މަރުޙަލާގައި
ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެއް

ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕާމިޓް މެޑިކަލްގައި ފައިލޭރިއާއަށް ޓެސްޓު ކުރުން ހިމެނުން މުހިއްމުތޯ މަޝްވަރާކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފް ވިދާޅުވީ، ދިވެހިންގެ ގައިގައި ބަލި ހުރިތޯ ބެލުމަށް މިހާތަނަށް 155 ޓެސްޓެއް ހެދިފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން އެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވާކަމަށެވެ.

މިހާތަނަށް ފެނިފައިވަނީ އިމްޕޯޓަޑް ކޭސްތައްކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

އަޝްރަފް ވިދާޅުވީ، މިހާރު ހުރި ޓެސްޓު ކުރުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ޓެސްޓް ކިޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެކަމުގައި ދައްޗެއް ނެތްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ މިފަދަ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިހާރު ކުރަމުންދާކަމަށެވެ.

Advertisement

މިހާރުވެސް ވޯކްޕާމިޓް މެޑިކަލް ހަދާކަން ފާހަގަ ކުރައްވައި އަޝްރަފް އިތުރަށް ވިދާޅުވީ، ހެޕަޓައިޓިސް، އެޗްއައިވީ، އަދި ޓީބީ ފަދަ ބަލިތަކަށް މެޑިކަލް ހަދާކަމަށެވެ. ނަމަވެސް މިހާތަނަށް ފައިލޭރިއާއަށް ސްކްރީން ކުރުމަށް ވޯކްޕާމިޓުގައި ހިމަނާފައިނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، ވޯކްޕާމިޓް މެޑިކަލްގައި ފައިލޭރިއާ ހިމެނުމުގެ މުހިއްމުކަމާމެދު މިހާރު މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

އަދި ރާއްޖެއަށް ބިދޭސީން އެތެރެވާއިރު، އެ ނިޒާމުގެ ތެރެއިން ބަލި ހުރި މީހުން ދެނެގަތުމުގެ ކަންކަން ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، ރާއްޖެއަށް އިމްޕޯޓުވާ ކޭސްތައް ދެނެގަތުމަށްޓަކައި ވޯކް ޕާމިޓް މެޑިކަލްގައި ހިމަނަންވީ ކޮން އުސޫލުތަކެއްތޯއާއި، އެކަން ކުރިއަށް ގެންދާނެ ގޮތުގެ މަސައްކަތްވެސް އޮތީ މަޝްވަރާގެ މަރުޙަލާގައި ކަމަށެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް