Advertisement
ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 19:07
ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ވަނީ ހިއްކާފައި
ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ވަނީ ހިއްކާފައި
އަރބަންކޯ
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި ހަފުތާގައި ފަށަނީ
އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައި
ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހަފުތާތެރޭގައި ފަށާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ވަނީ، ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި ހަފުތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ. ނަމަވެސް އަމަލީ މަސައްކަތް ފަށާނެ ވަކި ދުވަހެއް އާބަންކޯއިން ހާމަކޮށްފައެއް ނުވެއެވެ.

އެގޮތުން ހުސްކުރަންޖެހޭ ސަރަހައްދަކީ އެކުލަވާލެވިފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީއެވެ.

އާބަންކޯއިން ބުނީ ނެގޭ، އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައި ވާކަމަށެވެ.

Advertisement

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ، އާބަންކޯގެ ހޮޓްލައިން 1516އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރީގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން، ހުޅުމާލެ ފޭސް 3ށް 63 ހެކްޓަރުގެ ބިން އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރަމުންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)ންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް