ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި އަޅާ މި ވަގުތީ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެގޮތުން މި މިސްކިތް އެޅުމަށް ނިންމާފައިވަނީ ހިޔާ ފްލެޓްތަކުގެ ޕާކު ހުންނަ ސަރަހައްދާ އިންވެގެން އޮންނަ ސަރަހައްދުގައެވެ.
 
                    އެކަމާ ގުޅޭގޮތުން އާބަންކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ މި މިސްކިތުގައި 150 މީހުންގެ ޖާގަ ހިމެނޭ ކަމަށާއި، އެކުންފުނީގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން އެ ވަގުތީ މިސްކިތް ނިންމުން ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތަށް ދާއިމީ މިސްކިތެއްގެ ގޮތުގައި ހުރީ އެންމެ މިސްކިތެކެވެ. އަދި ވަގުތީ އެހެން މިސްކިތެއް މިހާރު ވެސް ހުރެއެވެ.
 
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
