Advertisement
ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 13:28
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން
ރާއްޖެއެމްވީ
އެކްސިޑެންޓް
އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހަކު ހުރިތޯބަލަނީ
ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުން
މި އެކްސިޑެންޓަކީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ހަވީރު 4:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

މި އެކްސިޑެންޓަކީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ހަވީރު 4:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެކެވެ.

Advertisement

މި އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް