ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 13:20
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ރައީސް އޮފީސް
އެސްއީޒެޑްގައި އިންވެސްޓް ކުރުން
އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ މިންވަރު ދަށްކޮށްފި
މިހާރު އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
މީގެ ކުރިން އެންމެ ކުޑަ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 150 މިލިއަން ޑޮލަރު

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަމިންވަރު ދަށްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާދީއްތަ ދުވަހު ނެރުއްވި ގަރާރެއްގައި ކަނޑައަޅުއްވާފައިވާ ގޮތުގައި މިހާރު އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ. މީގެ ކުރިން އެންމެ ކުޑަ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 150 މިލިއަން ޑޮލަރެވެ.

Advertisement

ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވަނީ  އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ލިސްޓަށް ވެސް ބަދަލު ގެންނަވާފައެވެ. އެގޮތުން އެ ލިސްޓުގައި ކުރިން ހިމެނޭ ކަންކަމުގެ އިތުރަށް ފުޑް ސެކިއުރިޓީގެ ދާއިރާ އިތުރުކުރައްވާފައިވާއިރު ތެލާއި ގޭސް ހޯދަން އެސްއީޒެޑަށް އިންވެސްޓް ކުރެވޭ ގޮތަށް އޮތް އޮތުން ގޭހަށް އެކަނި އިންވެސްޓް ކުރެވޭ ގޮތަށް ވަނީ ބަދަލުކުރައްވާފައެވެ.

އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ ވިޔަފާރިތައް

  1. އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތައް.
  2. ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް.
  3. ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް.
  4. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް.
  5. އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
  6. އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
  7. ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް.
  8. ފުޑް ސެކިއުރިޓީ ދާއިރާ.
  9. ގޭސް އެކްސްޕްލޮރޭޝަން މަސައްކަތްތައް.

2014 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި ޤާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑް އޮފް އިންވެސްޓްމަންޓްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްޙޫރިއްޔާ އަހަރަކު އެއް ފަހަރު ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް