ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 10:13
އިންޑިޔާ ގެ ޕާލަމެންޓަށް ސްމޯކް ބޮމުގެ ހަމަލާއެއް ދީފައި
އިންޑިޔާ ގެ ޕާލަމެންޓަށް ސްމޯކް ބޮމުގެ ހަމަލާއެއް ދީފައި
އޭ.އެން.އައި
އިންޑިޔާގެ ޕާލަމެންޓަށް ހަމަލާ ދިނުން
އިންޑިޔާގެ ޕާލަމެންޓަށް މީހުން ވެއްދި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި
 
މީގެ 22 އަހަރު ކުރިންވެސް 13 ޑިސެމްބަރުގައި މަޖިލީހަށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވެއެވެ

އިންޑިޔާގެ ޕާލަމެންޓްގެ ތިރިގެ ލޮކްސަބާ އަށް ސިއްރުން ދެމީހުން ވައްދާ ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ހުރި ކަމަށް ޝައްކު ކުރެވޭ ފަރާތް އިންޑިޔާ ފުލުހުން ހައްޔަރު ކޮށްފިއެވެ. އެމީހަކީ ލަލީތު ޖާ ކިޔާ ޓީޗަރެކެވެ. އޭނާވަނީ އަމިއްލަޔަށް ފުލުހުންނާ ހަވާލުވެފައެވެ.

ލޮކްސަބާގެ ބުދަދުވަހުގެ ބައްދަލް ވުން ކުރިޔަށް ދަނިކޮން ދެމީހުން ވަނީ ވިޒިޓަރސް ގެލެރީ އަށް ވަދެ ތިރިޔަށް، ހޯލް ތެރެޔަށް ފުންމާލާފައެވެ. އެއަށް ފަހު މޭޒު ތަކުމަތިން ދުވެ އަދި ސްމޯކް ކެނިސްޓަރ ތަކެއްވަނީ އެތަން މިތަނަށް އުކާފައެވެ. މިކަމުގެ ސަބަބުން މުޅިމަޖިލީސްތެރެ ހަލަބޮލިވެ ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

ފުންމާލި ދެމީހުން ފަހުން ވަނީ ސެކިއުރިޓީ ގާޑުން ހައްޔަރު ކޮށްފައެވެ.

މިކަން ހިނގާފައިވަނީ 13 ޑިސެމްބަރ ވީ ބުދަ ދުވަހުއެވެ. މީގެ 22 އަހަރު ކުރިންވެސް 13 ޑިސެމްބަރުގައި މަޖިލީހަށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވެއެވެ. އެފަހަރުގެ ހަމަލާގައި 9 މީހުން މަރުވެފައި ވެއެވެ.

ބުދަދުވަހުގެ ހާދިސާ ހިގުމުގެ އިރުކޮޅެއް ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެހެންވެސް އިސް ބައެއް ފަރާތްތަކުން ވަނީ ކުރީފަހަރުގެ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ބުދަދުވަހު ލޮކްސަބާއަށް ފުންމާލި ދެމީހުންގެ ނަމަކީ މަނޯރަންޖަން ޑީ އަދި ސާގަރު ޝަރުމާއެވެ. މިދެމީހުން ހަރަކާތްތެރިވެފައިވަނީ ލަލީތު ޖާ އެންގި ގޮތަކަށް ކަމަށް ވެއެވެ.

ލަލީތު ޖާ ފުލުހުންނާ ހަވާލުވުމަށް ދިޔައީ އެހެން މީހަކާއެކު ކަމަށް ވާތީ އޭނާވެސް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން މަޖިލީހުގެ ބޭރުގައި އަޑުގަދަކޮށް ސްމޯކް ދުން ބޭނުން ކުރި ދެމީހުންވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މަޖިލީހަށް ވަނުމަށް ދޫކުރި ފާހުގައި ސޮއިކުރި އޮފިޝަލް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

އަނެއްކޮޅުން މަޖިލީހުގެ ސެކިއުރިޓީ އަށް ނުރައްކާކުރިމަތި ވީތީ އެކަން ބަލާދިނުންއެދި އަޑުއުފުލި އިދިކޮޅު މެމްބަރުން ތަކަކާ ދެކޮޅަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ.    

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް