ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 20:25
ޣައްޒާގައި ޝަހީދުވި ނޫސްވެރިއެއްގެ ޖަނާޒާ
ޣައްޒާގައި ޝަހީދުވި ނޫސްވެރިއެއްގެ ޖަނާޒާ
ފަލްސްތީން އިސްރާއީލް ހަނގުރާމަ
ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި ނޫސްވެރިންނަށް ރައްކާތެރިކަމެއްނެތް - ސީޖީއެފް
އިންޓަރނޭޝަނަލް ފެޑްރޭޝަން އޮފް ޖަރނަސަލިސްޓް އިން ވެސް ވަނީ ޣައްޒާގައި ނޫސްވެރިންނަށް ލިބެމުންދާ ގެއްލުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ
ޣައްޒާގައި ނޫސްވެރިންނަށް ރައްކާތެރިކަމެއް ނެތް

ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ޝިކާރައަކަށްވާ ނޫސްވެރިންނަށް ރައްކަލެއް ނެތް ކަަމަށާއި ހަމަލާތައް ދިނުމުގައި ނޫސްވެރިންނަށް ނުބަލާ ކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޖީއެފް) އިން ބުނެފިއެވެ.

ސީޖީއެފް އިން ބުނީ މިއީ މިހާތަނަށް އެންމެ ބޮޑަށް ނޫސްވެރިންނަށް ފުރާނައިގެ ނުރައްކަލާއި ކުރިމަތިލާން ޖެހުނު ހާލަތުކަމަށެވެ. ފާއިތުވި 30 އަހަރު ނޫސްވެރިކަމުގެ ހާލަތު މޮނިޓަރކުރަމުންދާ އެ ކޮމިޓީން ވަނީ ޣައްޒާގައި ތިބި ނޫސްވެރިންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަނގުރާމައިގެ ސައްހަ މައުލޫމާތު ގެނެސްދިނުމަށް ނޫސްވެެރިންގެ ދައުރު ވަރަށް މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޣައްޒާގެ ހާލަތު ވަގުތުން ވަގުތަށް އެނގެނީ އެތަނުގައި ތިބި ނޫސްވެރިންގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ. ސަބަބަކީ އެތަނުގައި ތިބި ޔޫއެން އޮފިޝަލުން ވެސް އެ ސަރަހައްދު ދޫކޮށް ގޮސްފައިވުން ކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.

ޣައްޒާގެ ނޫސްވެރިން އެކަހެރިކޮށްލާފައިވާކަމަށް ފާހަގަކޮށް ސީޖީއެފުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި އެ ނޫސްވެރިންގެ ހިމާޔަތަށްޓަކާ މަސައްކަތް ނުކުރާ ކަމަށް ބުނެ ބައިނަލްއަޤުވާމީ މުޖުތަމައު އަށް ވެސް ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ. އަދި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ. އިންޓަރނޭޝަނަލް ފެޑްރޭޝަން އޮފް ޖަރނަސަލިސްޓް އިން ވެސް ވަނީ ޣައްޒާގައި ނޫސްވެރިންނަށް ލިބެމުންދާ ގެއްލުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް