Advertisement
ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 14:25
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ
ރާއްޖެއެމްވީ
2024ގެ މަޖިލިސް އިންތިޚާބު
2024ގައި އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވާލަނީ
ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ޑިސެމްބަރު މަހުގެ 25ގެ ނިޔަލަށް އެޕްލައިކުރާ ފަރާތްތަކަށް އެކަނި
ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 20 ނުވަތަ 27ގައި ދެ ބަޔަކަށް ބަހާލައިގެން
ޕްރައިމަރީ ބާއްވަންޖެހޭ ތަންތަނުގައި ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް ކުރިއަށް ދާނެ

2024ގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ 2024ގައި ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތައް ދެނެގަތުމަށް ހޮނިހިރު ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެމްޑީޕީން ބުނީ މަޖިލީސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެ ކަމަށެވެ. އަދި އެއަށް ފަހު ޕްރައިމަރީ ބާއްވަންޖެހޭ ތަންތަނުގައި ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

Advertisement

އެގޮތުން ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 20 ނުވަތަ 27ގައި ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ޑިސެމްބަރު މަހުގެ 25ގެ ނިޔަލަށް އެޕްލައިކުރާ ފަރާތްތަކަށް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް