Advertisement
ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 13:06
ދާޚިލީ ވަޒީރު ކްރިމިނަލް ކޯޓުގެ ގާޒީންނާ ބައްދަލު ކުރައްވަނީ
ދާޚިލީ ވަޒީރު ކްރިމިނަލް ކޯޓުގެ ގާޒީންނާ ބައްދަލު ކުރައްވަނީ
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓާއި ކޯޓުގެ ގާޒީންގެ ސެކިއުރިޓީއާ ގުޅޭގޮތުން ދާޚިލީ ވަޒީރު މަޝްވަރާކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީއާއި އިތުރު ގާޒީން ބައިވެރިވެވަޑައިގެންފައިވޭ
ދާޚިލީ ވަޒީރުގެ ތަސައްވުރާއި، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އަވަސް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީއާއި އިތުރު ގާޒީން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދާޚިލީ ވަޒީރުގެ ތަސައްވުރާއި، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އަވަސް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

Advertisement

އަދި ކްރިމިނަލް ކޯޓާއި ކޯޓުގެ ގާޒީންގެ ސެކިއުރިޓީއާގުޅޭ ކަންކަމުގައި މަޝްވަރާ ކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މައްސަލަތައް އަވަހަށް ނިންމުމުގައި ދާޚިލީ ވުޒާރާއާ ގުޅުންހުރި އިދާރާތަކުން ވެވޭނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީން- ކްރިމިނަލް ކޯޓު

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ، މުޅި ޤައުމުގެ ދާޚިލީ ރައްކާތެރިކަން ޤާއިމު ކުރުމަކީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރާ މަސައްކަތެއް ކަމަށާއި އެންމެ އެދެވޭ ނަތީޖާ ނެރެވޭނީވެސް އޭރުން ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ މަސައްކަތްތައްވެސް އެކަންކަމާ ގުޅިގެންދާއިރު، ދާޚިލީ ސަލަމަތާ ގުޅޭ މަޤްސަދުތައް ޙާސިލު ކުރުމުގައި މުއައްސަސާތައް ގުޅިގެން ކުރެވޭނެ ކަންކަމާއިމެދު މަޝްވަރާ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް