ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 11:55
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އުކުޅަހުގައި ފެށުން
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އުކުޅަހުގައި ފެށުން
ޕޮލިސް
ކުޑަކުދިންގެ ދުވަސް
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އުކުޅަހުގައި ފަށައިފި
ހަރަކާތްތައް އުކުޅަހުގައި ފަށާފައިވަނީ ”ޗައިލްޑް ސޭފް ޓޫރިޒަމް” ގެ ނަމުގައި ފެށި މައުލޫމާތު ދިނުމުގެ ޕްރޮގްރާމުން
ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ

ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތްތައް އއ. އުކުޅަހުގައި ފަށައިފިއެވެ.

މި ހަރަކާތްތައް އުކުޅަހުގައި ފަށާފައިވަނީ ”ޗައިލްޑް ސޭފް ޓޫރިޒަމް” ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މައުލޫމާތު ދިނުމުގެ ޕްރޮގްރާމް އިންނެވެ.

މި ޕްރޮގްރާމަކީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި ދިވެހިރާއްޖެއަށް ދަތުރުކުރާ ކުޑަކުދިންނަށް ރާއްޖޭގައި އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ތަފާތު އެކި މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ހިއްސާކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ދުވަހާ ގުޅިގެން މި އަހަރު އުކުޅަސް އަދި އއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، ކުދިންނާ ގާތުން، ރަށުތެރެ ސާފުކުރުމުގެ ހަރަކާތް، ފަން ރަން، ވޯޓަރ ސްޕޯޓް، ބިލްބޯޑު އިފްތިތާހުކުރުން، ކުޑަކުދިންގެ ހަވީރު އަދި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަހަރު ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް، އުކުޅަހު ކައުންސިލް އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.

- ކޮމެންޓް