ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 14:18
ފެލިވަރު މަސް ފެކްޓަރީ
ފެލިވަރު މަސް ފެކްޓަރީ
ރާއްޖެއެމްވީ
މަސް ބަންދުކުރާ ފެސިލިޓީގެ މަސައްކަތް
ރާއްޖޭގެ ދެކުނުގައި މަސް ބަންދުކުރާ 50 ޓަނުގެ ފެސިލިޓީއެއް ގާއިމުކުރަނީ
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް
ރާއްޖޭގެ ދެކުނަކީ މަސްވެރިކަން ރަނގަޅު ސަރަހައްދެއް
މިފެސިލިޓީ ގާއިމްކުރުމަށް ފަންޑު ވަނީ ލިބިފައި

ރާއްޖޭގެ ދެކުނުގައި މަސް ބަންދުކުރާ 50 ޓަނުގެ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްބަންދުކުރާ ފެސިލިޓީއެއް ދެކުނުގައި ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

Advertisement

އެގޮތުން މަސް ޕްރޮސެސްކުރުމަށް 50 ޓަނުގެ ޕްލާންޓެއް ނުވަތަ 25 ޓަނުގެ ދެ ޕްލާންޓް ބެހެއްޓުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ދެކުނަކީ މަސްވެރިކަން ރަނގަޅު ސަރަހައްދެއް ކަމަށެވެ. ނަމަވެސް ދެކުނުގައި މަސް ބަންދުކުރާނެ ފެސިލިޓީ ގާއިމްކުރާނެ ވަކި ތަނެއް އަދި ނިންމަވާފައިނުވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ސީދާ ވަކި ދިމާލެއް ނުނިންމާ. އެ ޑިމާންޑް ދެކުނަށް އެބައޮތް. އެންމެ ދެކުނުން މަސް ބާނައިގެން އެނގޭތޯ މިކޫއްޑޫއާ ހިސާބަށް އަންނަ އައުން އައްޑޫ ކަނޑުން ބާނައިގެން އަންނަ އައުން މަސްވެރިންގެ ވަރަށް ބޮޑު ރިކުއެސްޓެއް ކޫއްޑޫއާ ހިސާބަށް އަންނަންވެއްޖެއްޔާ 35 މޭލު 45 މޭލު ދުއްވަންޖެހޭ. ކަލެކްޓިން ފެސިލިޓީއެއް ނަމަވެސް ގާއިމްވެގެން ދިއުން. އެއީ ގދ.ފިޔޯރީ، ފަރެސްމާތޮޑާ، ވާދޫ މިހިސާބު ފެސިލިޓީއެއް އެވިދާޅުވަނީ. އެލުއި މަސްވެރިންނަށް ދޭ ގޮތަށް ވަނީ ނިންމާފައި. އަދި ވަކި ތަނެއް ކަނޑައެއް ނާޅާ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް

މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ފެސިލިޓީ ގާއިމްކުރުމަށް ފަންޑު ލިބިފައިވާ ކަމަށާއި މި މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަަމަށެވެ. އަދި ދެކުނުގެ އިތުރުން އެންމެ އުތުރުގައި ވެސް މަސްވެރިންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސް ދަޅުގެ އިތުރުން ވެސް ރޯމަސް ޕްރޮސެސްކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދާނެ ކަމަށާއި ބޭރުގެ މާކެޓްތައް އިތުރުކުރާނެ ކަމަށެވެ. އެގޮތުން ބޭރުގެ މާކެޓްތަކުގައި ޑިމާންޑް އޮންނަ ބާވަތްތައް ދިރާސާކޮށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް