ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 13:09
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ނޭޝަނަލް ޓެންޑަރ ބޯޑު
ނޭޝަނަލް ޓެންޑަރ ބޯޑު އަލުން އެކުލަވާލައިފި
ބޯޑުގެ ޗެއަރމަންއަކީ އަހުމަދު ސާއިދު
ވައިސް ޗެއަރ އަބްދުﷲ އިމްރާނާއި، ބޯޑުގެ 5 މެމްބަރަކުވެސް ހިމެނޭ

ނޭޝަނަލް ޓެންޑަރ ބޯޑު އަލުން އެކުލަވާލައިފިއެވެ.

މި ބޯޑުގެ ޗެއަރމަނަކީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދެވެ.

އޭގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ވައިސް ޗެއަރ އަބްދުﷲ އިމްރާނާއި ބޯޑުގެ 5 މެމްބަރެކެވެ.

Advertisement

ބޯޑު މެމްބަރުންނަކީ މުމްތާޒު އަބްދުއްރަޝީދާއި، ފާތިމަތު މުހައްމަދު ދީދީއާއި، އާމިނަތު ޒީނިޔާއާއި، އާދަމް ބަދުރުﷲ އާއި، މުހައްމަދު ޝަމްނޫން ފުއާދެވެ.

ނޭޝަނަލް ޓެންޑަރ ބޯޑަކީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، މެމްބަރުން އައްޔަންކޮށްފައިވާ ބޯޑެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް