Advertisement
ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 17:25
އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފު
އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފު
ރާއްޖެއެމްވީ
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު
އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރަކަށް ޝަރީފު
ޝަރީފާ ވާދަކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިހާދު
ޝަރީފު އިންތިޚާބު ކާމިޔާބުކުރެއްވީ 27 ވޯޓުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އިންތިޚާބުކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ. އެ އިންތިޚާބު އިބްރާހީމް ޝަރީފު ކާމިޔާބުކުރެއްވީ 27 ވޯޓުންނެވެ.

Advertisement

އެ އިންތިޚާބުގައި ޝަރީފާ ވާދަކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރެއް އައްޔަންކުރަން އިންތިޚާބު ބޭއްވީ ޕީޖީ ލީޑަރަކަށް ހުންނެވި މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމުން، ޑެޕިއުޓީ ލީޑަރަކަށް ހުންނެވި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ޕީޖީ ލީޑަރަށް އިންތިޚާބުކުރުމުން، އެ މަގާމު ހުސްވެފައިވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް