ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 11:04
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހަޔާ
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހަޔާ
ޑެއިލީ މެއިލް
ޑޭވިޑް ޑެހެޔާ
ޕޯޕަށް އަނިޔާވުމުން ނިއުކާސަލްއިން ޑެހެޔާ ގެންދަނީ!
ނިކް ޕޯޕްގެ ކޮނޑު ހުޅަށް އަނިޔާވެ، މި ސީޒަނުގައި ދެން ނުކުޅެވޭނެ

ނިއުކާސަލް ޔުނައިޓެޑުން ތަޖުރިބާކާރު ކީޕަރު ޑޭވިޑް ޑެހެޔާ އެ ޓީމަށް ގެންދިއުމަށް މަސައްކަތް ފަށައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް 10 އަހަރު ކުޅުމަށްފަހު މިދިޔަ ސީޒަނަށް ފަހު އެ ޓީމުން ވަކިވި، ސްޕާނުގެ ކުރީގެ ގައުމީ ކީޕަރު މި ވަގުތު ހުރީ ކުޅޭނެ ކުލަބެއް ނުނިންމަ އެވެ.

ނިއުކާސަލްއިން އޭނާ ގެނައުމަށް މަސައްކަތް ފެށީ އެ ޓީމުގެ ކީޕަރު ނިކް ޕޯޕްގެ ކޮނޑު ހުޅަށް އަނިޔާވެ، މި ސީޒަނުގައި ދެން ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

ޕޯޕް އަށް ލިބުނު އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ކަމަށް ނިއުކާސަލްއިން ވަނީ މެޑިކަލް ޓެސްޓްތަކަށް ފަހު ބުނެފަ އެވެ. އަދި މިއީ 2018 ވަނަ އަހަރު އޭނާ އަށް ލިބުނު ފަދަ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަންޖެހޭ ފަދަ އަނިޔާއެއް ކަމަށް ވެސް ބުނެފަ އެވެ.

ޑެހެޔާ ވަނީ މިހާތަނަށް ޔޫރަޕުންނާއި ސައޫދީ ލީގުން ލިބުނު ފުރުސަތުތައް ތަފާތު ސަބަބުތަކާހުރެ ދޫކޮށްލައިފަ އެވެ. އޭނާ ގެންދަން ސައޫދީ އަރަބިއްޔާއިން ހިންގާ ނިއުކާސަލްއިން މަސައްކަތް ފެށިއިރު އެމެރިކާގެ އިންޓަ މިއާމީއިން އޭނާ އަށް ޝައުގުވެރިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް