ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 14:14
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ފަރުވާ ދެނީ
މި އެކްސިޑެންޓް ހިނގީ ދެ ސައިކަލާއި ކަރަކާއި ޖެހިގެން
މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މިއެކްސިޑެންޓްގެ ރިޕޯޓު ހޯމަ ދުވަހުގެ މެންދުރު 12:09 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވި ދެމީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ.

Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތައް ދުއްވާފައިވަނީ އީ-ކެޓަގަރީގައި އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހުން ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް