ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 10:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ބަޖެޓުގެ މަސައްކަތް
ބަޖެޓުގެ މަސައްކަތް ކުރަން މަޖިލީހުގެ ޖަލްސާގެ ވަގުތު ރޭގަނޑު 10 ޖެހުމާ ހަމައަށް އިތުރުކޮށްފި
ފިނޭންސް މިނިސްޓަރު ވަނީ އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނީ ބުދަ ދުވަހުގެ ޖަލްސާގައި ކަމަށް މަޖިލީހަށް އަންގަވާފައި
ބަޖެޓުގެ 70.2 އިންސައްތަ ނުވަތަ 34,803.7 މިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާނީ ރިކަރަންޓް ހަރަދަށް
2024 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ވަގުތު ރޭގަނޑު 10 ޖެހުމާ ހަމައަށް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އެ ގޮތަށް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު ނެގި ވޯޓުގައެވެ. ޖަލްސާގެ ވަގުތު އިތުރުކޮށްފައި ވަނީ 34 މެންބަރުން ވޯޓާއި އެކުގައެވެ. އެއީ އެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަދަދެވެ.

ޖަލްސާގެ ވަގުތު އިތުރުކޮށްފައި ވަނީ މަޖިލީހުގައި ބަޖެޓަށް ވާހަކަދައްކަވަން އެދޭ ހުރިހާ މެންބަރުންނަށް ފުރުސަތު އަރުވާ ނިމެންދެން، ހުސް ވަގުތުކޮޅަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ. އަންގާރަ ދުވަހު ނެގި ވޯޓަކީ ބުދަ ދުވަހުގެ ޖަލްސާގެ ވަގުތު ވެސް އިތުރުކުރާ ގޮތަށް ނަގާފައިވާ ވޯޓެކެވެ.

Advertisement

2024 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައިވާއިތު 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ބަޖެޓަށް ވާހަކަދައްކަވަން އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަޑައިގަންނަވަން ފިނޭންސް މިނިސްޓަރަށް ވަނީ ދައުވަތު އަރުވާފައެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ވަނީ އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނީ ބުދަ ދުވަހުގެ ޖަލްސާގައި ކަމަށް މަޖިލީހަށް އަންގަވާފައެވެ.

ބަޖެޓުގެ 70.2 އިންސައްތަ ނުވަތަ 34,803.7 މިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ޚަރަދުގެ ބޮޑުބައެއް ޚަރަދުކުރެވެނީ މުވައްޒަފުންގެ މުސާރައާއި ސަބްސިޑީއާއި އެހީއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް