ޔޫރޯ ކޮލިފައިންގައި ސްޕެއިން މޮޅުވިޔަސް, ޒުވާން މިދްފީލްޑަރ ގަވީ އަށް އަނިވާވުމުން ލިބުނު ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.
ޖޯޖިއާ އަތުން 3-1 ން މޮޅުވި މެޗުގައި އަނިޔާގެ, ގަވީ ބަދަލުކުރީ 26 ވަނަ މިނިޓްގައެވެ. 19 އަހަރުގެ މިޑްފީލްޑަރުގެ އަނިޔާ ސީރިއަސް ކަމަށް ރިޕޯރޓްތައް ބުނެއެވެ. ގަވީ އަކީ ގައުމީ ޓީމްގެ އިތުރުން ބާސެލޯނާގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ޅަ އުމުރުގައި ގައުމީ ޓީމަށް ވަނީ މިހާތަނަށް 27 މެޗު ކުޅެފައެވެ. އަދި ބާސެލޯނާ އަށް 111 މެޗު ކުޅެފިއެވެ.
ގަވީ އަށް އަނިޔާވީ ރެއާލް ސޮއިއެޑާޑްގެ ޑިފެންޑަރ ލެ ނޯމަންޑް ލަނޑު ޖަހާ ހަތަރު ވަނަ މިނިޓްގައި ސްޕެއިން އަށް ކުރިހޯދާދީފައި ވަނިކޮށެވެ. ފުރަތަމަ ހާފްގައި ޖޯޖިއާ އިން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް, ބާސެލޯނާއަށް ދެވަނަ ލަނޑެއް ޖަހާ, ދެވަނަ ހާފްގައި އަލުން ކުރިހޯދައިދިނީ ފެރަން ޓޮރޭޒް އެވެ. އަދި ތިންވަނަ ލަނޑަކީ ޖޯޖިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ސްޕެއިން އޮތީ ޔޫރޯ ކޮލިފައިންގ ގްރޫޕް އޭގެ އެއްވަނާގައެވެ. އަންނަ އަހަރު އޮންނަ މުބާރާތަށް ވަނީ ކޮލިފައިވެފައެވެ.