ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 05:46
ރައީސާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި މަޝްވަރާކުރައްވަނީ
ރައީސާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި މަޝްވަރާކުރައްވަނީ
ރާއްޖެ - ދެކުނު ކޮރެއާ
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
އިންސާނީ ތަރައްޤީގެ ދާއިރާ އާއި މެދު މަޝްވަރާކުރައްވާފައިވޭ
މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ ފަރާތުން ރައީސަށް ތަހުނިޔާ ދަންނަވާފަ
މަޝްވަރާކުރެވުނު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަން ހާމަކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ރިޕަބްލިކް އޮފް ކޮރެއާގެ ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރ ޕާކް ހިޔޮންގ-ޖޫން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި، މޭޔަރ ޕާކް ހިޔޮންގ-ޖޫނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ބޯހިޔާވަހިކަމުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ އަދި އިންސާނީ ތަރައްޤީގެ ދާއިރާ އާއި މެދު މަޝްވަރާކުރައްވާފައެވެ.

އަދި ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޓޫރިޒަމް ކުރިއެރުވުމާއި، ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމާއި، ގަވަރނަންސްގެ އިތުރުން ސަލާމަތާގުޅޭ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައިވެއެވެ.

ހަމައެހެންމެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް އިތުރު ފުރުސަތު ހޯދުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މިބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި މޭޔަރ ޕާކް ހިޔޮންގ-ޖޫން ވަނީ، މަޝްވަރާކުރެވުނު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަން ހާމަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް
- ގުޅުންހުރި
ނޮވެމްބަރު 2023 ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ: ކުރީގެ މިނިސްޓަރ އަމީރު
އުތުރު ކޮރެއާ އަށް ރަޝިއާ އިން ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށް ޕުޓިން ވިދާޅުވެއްޖެ
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވައިފި