Advertisement
ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 18:40
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު
ރާއްޖޭގެ ތަރައްޤީ
20 އަހަރު ދުވަހަށް ޚާއްސަކޮށް ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލާން އެއް އެކުލަވާލާ، ޤާނޫނީ ބާރުވެރިކަން ހޯދާދޭނަން: ރައީސް
އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިލްމީ ޒަމާނީ ކުރިއެރުން ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް މުއިއްޒު ވިދާޅުވީ އެކި ދާއިރާތަކުން ފަންނީ މީހުންނާއި އާއްމުންގެ ޚިޔާލަށް ވެސް ފުރުސަތު ހުޅުވާލައްވާނެ ކަމަށް
7 ސަރަހައްދެއްގައި އުމްރާނީ ބިނާވެށި އަރބަން ސެންޓަރތައް ޤާއިމްކުރައްވާނެ ކަމަށް ވައުދުވެލެއްވި

20 އަހަރު ދުވަހަށް ޚާއްސަކޮށް ޤައުމީ ތަރައްްޤީގެ މާސްޓަރ ޕްލާން އެއް އެކުލަވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރާއްޖެ ކުރިއަރުވާނީ ސަރަހައްދުތަކަށް ތަރައްޤީ އާއި ރަށްވެހިކަމުގެ މަންފާ ލިބިގެންވާނެ ފަދައިން ބެހިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަހްފޫމްގެ ތެރެއިން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކާ މެދު ރާސްތާގެ އަމާޒުތަކާއި ދުރު ރާސްތާގެ އަމާޒުތައް ކަނޑައަޅުއްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ އެކި ދާއިރާތަކުން ފަންނީ މީހުންނާއި އާއްމުންގެ ޚިޔާލަށް ވެސް ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ. އެ ޚިޔާލުތަކާއި އެހީގެ އަލީގައި 20 އަހަރު ދުވަހަށް ޤައުމީ ތަރައްްޤީގެ މާސްޓަރ ޕްލާން އެއް އެކުލަވާލައްވަން ގަސްތުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

އިގްތިޞާދު ކުރިއަރުވަން މެދު ރާސްތާގެ އަމާޒުތަކާއި ދުރު ރާސްތާގެ އަމާޒުތައް ކަނޑައަޅާނަން. އެކަމަށް އާއްމުންގެ ވިސްނުން ހިއްސާކުރަން ފުރުސަތު ދޭނަން. އިލްމީ ބޭފުޅުންގެ އެހީ އަށް އެދެން. ބޭނުމަކީ އެ ހުވަފެންތަކާއި ތަސައްވުރާއި އެކު މުސްތަގްބަލް ކުރެވުން.
ރައީސް މުއިއްޒު

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިގްތިޞާދު އޮތީ އަނދަވަޅެއްގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިމަގުގައި އިޤްތިޞާދު ރަނގަޅުކުރުމަށް ދުރު ރާސްތާ ޕްލޭނެއް ކުރައްވާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

7 ސަރަހައްދެއްގައި އުމްރާނީ ބިނާވެށި އަރބަން ސެންޓަރތައް ޤާއިމްކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިންނާއި، ދަނޑުވެރިން އަދި އިގްތިސާދީ އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިލްމީ ޒަމާނީ ކުރިއެރުން ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަށް ދެމެހެއްޓެނެވި އަދަލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވާ ކަމަށެވެ. އަދި އާ ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާނީ އެ ވިސްނުމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ތަރައްޤީ ގެންނާނީ ސަރަހައްދީ ތަރައްޤީގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް