Advertisement
ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 19:16
ސިވިލްކޯޓުގެ ޤާޟީ ކަމަށް  އަލްއުސްތާޛް އާދަމް ޛާލިފް
ސިވިލްކޯޓުގެ ޤާޟީ ކަމަށް އަލްއުސްތާޛް އާދަމް ޛާލިފް
ސިވިލްކޯޓުގެ ޤާޟީ
ސިވިލްކޯޓުގެ ޤާޟީ ކަމަށް އަލްއުސްތާޛް އާދަމް ޛާލިފް އައްޔަންކުރައްވައިފި
އޭނާ ވަނީ ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފަ
އޭނާ ވަނީ ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހާސިލްކުރައްވާފަ
ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު އަދި ސިވިލް ކޯޓުގެ ޤާޟީން ބައިވެރިވެވަޑައިގެންނެވި

ސިވިލްކޯޓުގެ ޤާޟީ ކަމަށް އަލްއުސްތާޛް އާދަމް ޛާލިފް އައްޔަން ކުރައްވައިފިއެވެ.

އޭނާ އާއި މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވުމަށާއި ހުވާކުރެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު އަދި ސިވިލް ކޯޓުގެ ޤާޟީން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އަލްއުސްތާޛު އާދަމް ޛާލިފް، ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ޢައްޔަންކުރުމަށް ނިންމާފައި ވަނީ 2023 ނޮވެންބަރު 8 ދުވަހު ބޭއްވުނު މިކޮމިޝަންގެ 71 ވަނަ ބައްދަލުވުމުގައެވެ،

Advertisement

އަލްއުސްތާޛު އާދަމް ޛާލިފް އަކީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފައެވެ. އަލްއުސްތާޛު އާދަމް ޛާލިފް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ނިންމެވިއިރު އޭނާ އައީ އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިންގ ޕާޓްނަރގެ މަޤާމް އަދާ ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް