Advertisement
ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 20:13
ރައީސް ސާލިހް
ރައީސް ސާލިހް
ރައީސް އޮފީސް
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ރައީސް ނިންމަވައިފި
މި ރަސްމިއްޔާތު އޮންނާނީ، ހޯމަ ދުވަހުގެ ހެނދުނު 10:30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި
މިއީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް، އަލަށް ދެއްވާ ޝަރަފެއް
މި ރަސްމިއްޔާތުގައި ރައީސް ސާލިހް ވާހަކަފުޅުދައްކެވުމަށް ވަނީ ހަމަޖެހިފައި

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް "ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު" ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ.

މި ދެ ބޭފުޅުންނަށް މި ޝަރަފު ދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ، ހޯމަ ދުވަހުގެ ހެނދުނު 10:30ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement

މިއީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް ދެއްވާ ޝަރަފެކެވެ. މި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑަލަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް