Advertisement
ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 12:53
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ހާމަވެގެން މިދިޔައީ މި ހުރިހާ ދުވަހުވެސް އީވާ ސަލާމް ވިދާޅުވަމުން ގެންދެވީ އެއްވެސް އުޒުރެއް ނެތިކަން: ރޮޒެއިނާ
ސުޕްރީމް ކޯޓުގެ ޙުކުމަށްފަހު މަޖިލީހުންވެސް މަސައްކަތް ކުރަމުންދަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް
ހެނދުނުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމަށްފަހު ދެވަނައަށް ބޭއްވި ޖަލްސާއަށް އީވާ ވަޑައިގެންނެވި

އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވެވި މަޖިލީހުގެ ޖަލްސާ އަށް މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވި ނަމަވެސް، އާދިއްތަ ދުވަހުގެ 11:30 ގައި ބޭއްވެވި ޖަލްސާއަށް ވަޑައިގެންނެވުމުން ހާމަވެގެންދިޔައީ މި ހުރިހާ ދުވަހުވެސް އީވާ ސަލާމް ވިދާޅުވަމުން ގެންދެވީ އެއްވެސް އުޒުރެއް ނެތިކަންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ރޮޒެއިނާ ވިދާޅުވީ، މި ހުރިހާ ދުވަހުވެސް މި މައްސަލަ ލަސްކުރުމަށް އެ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދެވީ މަޖިލީހުގެ ސެކެޓްރިއޭޓުގެވެސް އެއްބާރުލުން ލިބޭކަމަށް ދެކިވަޑައިގަންނަވާތީކަމަށެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ޙުކުމަށްފަހު މަޖިލީހުންވެސް މަސައްކަތް ކުރަމުންދަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ކަަމަށާއި، އެކަމާ ދަ ޑިމޮކްރެޓުން ނުހަނު ހިތްހަމަޖެހިވަޑައިނުގެން ތިއްބެވިކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

Advertisement

ހެނދުނުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމަށްފަހު ދެވަނައަށް ބޭއްވި ޖަލްސާއަށް އީވާ ވަޑައިގެންފައިވާއިރު، ރޮޒެއިނާ ވިދާޅުވީ، އީވާ ވަޑައިގެންނެވީ ހިތްހަމަޖެހިވަޑައިނުގަންނަވާ ގޮތަކަށް ހެނދުނުގެ ޖަލްސާ ދިއުމުންކަމަށެވެ.

މި ހުރިހާ ދުވަހުވެސް ސަލާމް ވިދާޅުވަމުން ގެންދެވީ އެއްވެސް އުޒުރެއްނެތިކަން މިކަމުން ހާމަވެގެން ގޮސްފައިވާކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާތައް މީގެ ކުރިން ކުރިއަށް ގެންދެވިފައިނުވަނީ އީވާ ސަލާމުގައި ހުންނެވުމުގެ ސަބަބުންނެވެ. 5 ފަހަރެއްގެ މަތިން އެ ޖަލްސާ ކެންސަލްވެފައިވާއިރު، އާދިއްތަ ދުވަހުގެ ހެނދުނުގެ ޖަލްސާއަށްވެސް އީވާ ސަލާމް ފޮނުއްވާފައިވާތީ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް