ކ. މާލެ
|
7 ނޮވެންބަރ 2023 | އަންގާރަ 14:22
އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު ފިރުޒުލް
އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު ފިރުޒުލް
އިންތިޚާބީ ރައީސްގެ އޮފީސް
ގެދޮރުވެރިޔާ ފްލެޓުތައް
ބައެއް ފްލެޓުތައް އަތުލަން ޖެހިދާނެ ކަމުގެ އިޝާރާތެއް އިންތިޚާބީ ރައީސްގެ އޮފީހުން ދީފި
އުސޫލުން ބޭރުން ފްލެޓުތައް ދީފައިވާނަމަ، އެކަންކަން ބެލޭނެ
އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނީ ތަރުތީބުގެ ތެރެއިން އެޅޭނެ ކަމަށް ވިދާޅުވި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ފްލެޓުތައް އަތުލާނެ ކަމުގެ އިޝާރާތެއް އިންތިޚާބީ ރައީސްގެ އޮފީހުން ދީފިއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ނާއިންސާފުން ކަމެއް ހިނގާނަމަ އެކަމަށް ފިޔަވަޅު އެޅެންޖެހޭނެކަމަށެވެ.

ވުމާއެކު، ނުޙައްޤުން، ނުޤަވާއިދުން އަދި އުސޫލުން ބޭރުން ފްލެޓުތައް ދީފައިވާނަމަ، އެކަންކަން ބެލޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނީ ތަރުތީބުގެ ތެރެއިން އެޅޭނެ ކަމަށާއި އެއީ ސިޔާސީ ގޮތުން ކުރާ ކަމެއް ނޫންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

Advertisement

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެެއިން، 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް