Advertisement
ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 05:48
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ހައި ކޯޓު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާ
މި މަގާމަށް ހުޅުވާލީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވުމުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވަން ޝަކީލުގެ ހުށަހެޅުން ޖޭއެސްސީއިން ބަލައިގަންނަން ނިންމީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ޝަކީލު ރިޓަޔާކުރެއްވީ ހިތުގެ ބައްޔެއް ކަމަށްވާ "ސިކް ސައިނަސް ސިންޑްރޯމް" ތަހައްމަލްކުރައްވަމުން ގެންދަވާތީއެވެ. މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރ ލައްވާފައިވެއެވެ. މި ބައްޔާހުރެ ފަނޑިޔާރު ޝަކީލަށް މިހާރު ކުރިމަތިވަމުންދާ އުނދަގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ލަފަޔަށް، އެ ކޮމިޝަނުން ގޮތެއް ނިންމުމުގައި ބުރަވެފައި ވާނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

Advertisement

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 11:00 އާ ހަމައަށެވެ. އެ ކޮމިޝަނުގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 15000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެ، އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް