ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 20:23
ފޮރިން މިނިސްޓްރީއާއެކު މަޖިލީހުގެ އިދާރާއިން ބޭއްވި ބައްދަލުވުން
ފޮރިން މިނިސްޓްރީއާއެކު މަޖިލީހުގެ އިދާރާއިން ބޭއްވި ބައްދަލުވުން
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާއާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއި މަޖިލީހުގެ އިދާރާއިން މަޝްވަރާކޮށްފި
މި ޖަލްސާގެ އިންތިޒާމްތަކަށް 22.9 މިލިއަން ރުފިޔާ ހޭދަވާނެކަަމަށް ވަނީ އަންދާޒާކޮށްފައި
އެ ޖަލްސާއަށް 3500 މީހުންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައި
އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބާއްވާނީ މިމަހުގެ 17 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންގެ އިންތިޒާމްތަކާ ގުޅޭގޮތުން، މަޖިލީހުގެ އިދާރާއިން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއެކު މަޝްވަރާކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ހުވާކުރުމުގެ ޖަލްސާއަށް އަވައްޓެރި ބައެއް ގައުމުތަކުގެ ރައީސުން ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އަދި ޖަލްސާގައި ބައިވެރިވަޑައިގަންނަވާ ވެރިންގެ ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ. އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބާއްވާނީ މިމަހުގެ 17 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައެވެ. ނަމަވެސް މޫސުން ގޯސްވެއްޖެނަމަ އެ ހާލަތުގައި މިޖަލްސާ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

މި ޖަލްސާގެ އިންތިޒާމްތަކަށް 22.9 މިލިއަން ރުފިޔާ ހޭދަވާނެކަަމަށް ވަނީ އަންދާޒާކޮށްފައެވެ.

އެ ޖަލްސާއަށް 3500 މީހުންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް