ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 22:17
ހައިކޯޓުގެ ފަނޑިޔާރު، އަހުމަދު ޝަކީލް
ހައިކޯޓުގެ ފަނޑިޔާރު، އަހުމަދު ޝަކީލް
ސޯޝަލްމީޑިއާ
ފަނޑިޔާރު ޝަކީލު
ފަނޑިޔާރު ޝަކީލް، ރިޓަޔަރކުރައްވަން ހުށަހަޅުއްވައިފި
ޝަކީލް ހައިކޯޓަށް އައްޔަނުކުރީ މިއަހަރުގެ މާޗް މަހު

ހައި ކޯޓުގެ ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ޝަކީލް، ރިޓަޔަކުރައްވަން ހުށަހަޅުއްވައިފިއެވެ.

"ރާއްޖެއެމްވީ"އަށް މިކަން ކަށަވަރުވެފައި ވީނަމަވެސް، ރިޓަޔަރމަންޓާ ގުޅޭގޮތުން ޖޭއެސްސީން އަދި ގޮތެއް ނުނިންމައެވެ. ފަނޑިޔާރުން ރިޓަޔަރކުރައްވަން ހުށަހެޅުއްވުމުން އެކަމާމެދު ގޮތެއް ނިންމާނީ ޖޭއެސްސީންނެވެ.

ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކުރުމަށްފަހު މާގިނަ ދުވަސްތަކެއްނުވެ ފެމިލީ ކޯޓަށް ބަދަލުކުރިއެވެ. އެއީ، 2017 ވަނަ އަހަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުއްވާލެއްވުމަށް ނިންމެވުމާ އެކުއެވެ.

Advertisement

އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި، ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައި ވަނިކޮށެވެ. ޝަކީލު ހައިކޯޓަށް އައްޔަނުކުރީ މިއަހަރުގެ މާޗް މަހުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމާއެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

ފަނޑިޔާރު އަހުމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ، އަދި ޝަރީއާއިން މާސްޓަރސް ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން އަހުމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް