ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 08:41
އޭނާ ވަނީ 1999 ވަނަ އަހަރު އެމީ އެވޯޑަށް ނޮމިނޭޓް ވެފަ
އޭނާ ވަނީ 1999 ވަނަ އަހަރު އެމީ އެވޯޑަށް ނޮމިނޭޓް ވެފަ
ގެޓީ އިމޭޖަސް
ޖޯން ހަރޑް މަރުވުން
ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ
އޭނާ ވަނީ 1999 ވަނަ އަހަރު އެމީ އެވޯޑަށް ނޮމިނޭޓް ވެފަ
މަރުވެފައި އޮއްވައި ފެނުނީ ކެލިފޯނިއާގެ ޕަލޯ އަލްޓޯގައި ހަރޑް ހުރި ހޮޓެލްގެ ކޮޓަރިން
އެކްޓިނގް ކެރިއަރ އޭނާ ފަށާފައިވަނީ 1970 ގައި

ހޯމް އެލޯންގެ ފިލްމްތަކުން ގިނަބަޔަކަށް އެނގިގެންދިޔަ އެކްޓަރ ޖޯން ހަރޑް އުމުރުން 71 އަހަރުގައި މަރުވެއްޖެއެވެ.

ސެލެބްރިޓީ ނިއުސް ވެބްސައިޓް ޓީއެމްޒެޑް ބުނެފައިވަނީ ކެލިފޯނިއާގެ ޕަލޯ އަލްޓޯގައި ހަރޑް ހުރި ހޮޓެލްގެ ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ ހުކުރު ދުވަހު ކަމަށެވެ.

ސަންޓަ ކްލަރާ މެޑިކަލް އެގެޒަމިނަރސް އޮފީހުންވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހަރޑް އެ ހޮޓަލުގައި މަޑުކޮށްލައިގެން ހުރީ މި ހަފްތާގައި" ބުރަކަށީގެ ކުޑަ އޮޕަރޭޝަނެއް ކޮށްގެން"ނެވެ.

ޕަލޯ އަލްޓޯ ގެ ފުލުހުން ބުނީ ފުލުހުންނަށް ފުރަތަމަ ރިޕޯޓްކުރެވިގެން ދިޔައީ ސިއްހީ އެހީތެރިކަމަށް ބޭނުންވެފައި އޮތް މީހަކު ހޮޓަލުގައި އޮތް ކަމަށް ކަމަށެވެ.

"އެމީހާ ފާހަގކުރެވުނީ މަރުވެފައި އޮތްކަމަށް.އަޅުގަނޑުމެން އަދިވެސް ތަހުގީގު ކުރަމުންދާއިރު މަރުގައި ތުހުމަތު ކުރެވޭކަމެއް އަދި ނެތް" ޕަލޯ އަލްޓޯގެ ފުލުހުންގެ ޑިޕާޓްމަންޓުން ބުނެއެވެ.

ގިނަ ބަޔަކު ހަރޑް އެންމެ ބޮޑަށް ހަނދާން ކުރަނީ 1990 ގެ އަހަރު ތަކުގައި މަޝްހޫރުވި ހޯމް އެލޯންގައި މެކައުލޭ ކަލްކިންސްގެ ބައްޕައެއްގެ ގޮތުގައި ޕީޓަރ މެކަލިސްޓަރގެ ނަމުގެ ކުޅެފައިވާ ރޯލުންނެވެ. ނަމަވެސް އެކްޓިނގް ކެރިއަރ އޭނާ ފަށާފައިވަނީ އޭގެ ކުރިން 1970 ގައި ސްޓޭޖް އަދި ޓީވީއާ ފިލްމުތަކުންނެވެ.

އޭނާ ލީޑް ރޯލް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ކަޓަރސް ވޭ، ސީ.އެޗް.ޔޫ.ޑީ އަދި ގްލޭޑިއޭޓަރ އާއި ކިއުބާ ގޫޑިންގ ހިމެނެއެވެ.

ޓީވީ ސިލްސިލާތައްވެސް ކުޅެފައިވާ ހަރޑްއަށް ވަނީ ވިން މެކަޒިއަން ސިލްސިލާގައި ނިއުޖާޒީގެ ކޮރަޕްޓް ފުލުހެއްގެ ރޯލް ކުޅެގެން 1999 ވަނަ އަހަރު އެމީ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް