ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 13:38
ފުލުހުން ހޯދަމުންދާ ބަންގްލަދޭޝް އެމްޑީ އާރިފް ހޮސެން
ފުލުހުން ހޯދަމުންދާ ބަންގްލަދޭޝް އެމްޑީ އާރިފް ހޮސެން
ޕޮލިސް
މީހަކު ހޯދަން އިއުލާން ކުރުން
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝް މީހެއް ހޯދަނީ
ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ 29 އަހަރުގެ ބަންގްލަދޭޝް އެމްޑީ އާރިފް ހޮސެން
25 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފުލުހަށް ހާޒިރުވާންޖެހޭ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝް މީހެއް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، ވ. ފެލިދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާނެ ކަމަށެވެ.

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ 29 އަހަރުގެ ބަންގްލަދޭޝް އެމްޑީ އާރިފް ހޮސެން އެވެ.

ފުލުހުންގެ ތަހުގީގަށް އޭނާ ހާޒިރުވާން ޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ. އަދި 25 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ މީހާ ހާޒިރުވާންޖެހޭ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް