ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 22:09
ނަފްސާނީ ސިއްހަތާ ގުޅޭ ކޮންފަރެންސް
ނަފްސާނީ ސިއްހަތާ ގުޅޭ ކޮންފަރެންސް
އައިޖީއެމްއެޗް
ނަފްސާނީ ސިއްހަތު
ނަފްސާނީ ސިއްހަތާ ގުޅޭ ފުރަތަމަ ކޮންފަރެންސް ފަށައިފި
މި ކޮންފަރެންސްއަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެއް

އުފެއްދުންތެރި ދިރާސާތައް ހުށަހަޅައިގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ނަފްސާނީ ސިއްހަތުގެ ކޮންފަރެންސް ފަށައިފިއެވެ.

މި ކޮންފަރެންސްއަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ. މި ކޮންފެރެންސް އާ ގުޅޭގޮތުން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މިމަހު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ.

އޮއެވަރުގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ޗޭންޖިންގ ކަރަންޓްސް - ފޯމިން ކަނެކްޝަން"އެވެ. އޮއެވަރު ކޮންފަރެންސްގެ ޕްރީކޮންފަރެންސް ވޯކްޝޮޕްތައް ވަނީ މާލޭގައި ކުރިއަށްގެންގޮސްފައެވެ. އަދި ކޮންފަރެންސްގެ ބާކީ ހުރި ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ހޯމަދުވަހުގެ ނިޔަލަށް ޕެރަޑައިސް ރިސޯޓުގައެވެ. އައިޖީއެމްއެޗްއިން ބުނީ މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗްތަކާއި ރިސަރޗް ހުށައހެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތެރިންނާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އެކި މުއައްސަސާތައް ހިމެނެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއްކުރާއިރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ނަފްސާނީ ބައްޔަށް ޚާއްސަ ޑިޕާޓްމެންޓެއް ޤާއިމުކޮށް މެންޓަލް ހެލްތް ސެންޓަރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

- ކޮމެންޓް