ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 12:15
ވިލުންވެރި ފެސްޓްގެ ތެރެއިން
ވިލުންވެރި ފެސްޓްގެ ތެރެއިން
އެމްއެންޑީއެފް
ވިލުންވެރި ފެސްޓް
"ވިލުންވެރި ފެސްޓް"ގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބައިވެރިވެއްޖެ
ބަދިގޭގައި ބޭނުންކުރާ ގޭސްފުޅި ގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީފައިވޭ
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވޭ

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ދުވަސް" ފާހަގަކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިންތިޒާމުކުރި "ވިލުންވެރި ފެސްޓް 2023"ގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބައިވެރިވެއްޖެއެވެ.

ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރ ސަރަހައްދުގައި ހުކުރު ދުވަހުގެ ހަވީރު ކުރިއަށްދިޔަ މި ހަރަކާތުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި، އަލިފާން ނިއްވަން ބޭނުންކުރާ އާލާތްތަކާބެހޭ މައުލޫމާތާއި، ބަދިގޭގައި ބޭނުންކުރާ ގޭސްފުޅި ގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާއިރު ގެންގުޅޭ އާލާތްތަކާއި ވެހިކަލްގައި ކުޑަކުދިން ފޮޓޯނެގުންވެސް މި ހަރަކާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތްް ބައްލަވާލެއްވުމަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޑް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދު ވަނީ އެ ސަރަަހައްދަށް ޒިޔާރަތްކުރައްވައި، އެ ހަރަކާތް ދިޔަގޮތް ބައްލަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް