ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 18:56
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާ މަޝްވަރާކުރައްވައިފި
އިންތިޚާބީ ރައީސް ބޭނުންފުޅުވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަވަން

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާއެކު މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންނާއި އެމްއެންޑީއެފްގެ ކަމާ ގުޅުންހުރި ބޭބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ ތަައްޔާރީތަކާމެދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި ހަފުތާގެ ތެރޭގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އިސްކޮށް އިންނެވީ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ލިއުޝާއެވެ. އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅެއްގެ ގޮތުގައި އިންނެވީ ޓްރާންސިޝަން ކޮމިޓީގެ އިސް ވެރިޔާ އަބްދުއްރަހީމް އަބްދުﷲއެވެ. މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އިންތިޚާބީ ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނާއި، އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންނަށް ދައުވަތު އެރުވުންފަދަ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުހައްމަދު ފިރްޒުލް ވަނީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް