Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 05:20
foreign ministry
foreign ministry
އެޑިޝަން.އެމްވީ
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް
ފަލަސްތީންގެ ބިންތަކުން އިސްރާއިލުން ފައިބަން ދިވެހި ސަރުކާރުން ގޮވާލައިފި
ޣައްޒާ އަށް ބޮން އަޅައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފަ
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް
އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހި ސަރުކާރުން ވަނީ އެ ޤައުމަށް ގޮވާލާފަ

ފަލަސްތީންގެ ބިންތަކުން އިސްރާއިލުން ފައިބަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހި ސަރުކާރުން ވަނީ އެ ޤައުމަށް ގޮވާލާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ސުލްހަވެރި ހައްލަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުުރުން ކަމަށެވެ.

Advertisement

މީގެ އިތުރުން ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ފަލަސްތީނު ހިފާފައި އޮތް އޮތުމާއި، މާތްވެގެންވާ ގުދުސްއަށް އަތްގަދަކުރުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ދިވެހި ސަރުކާރުގެ އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެކަމަކީ ގަބޫލުނުކުރެވޭ ކަމެއް ކަން އިއުލާނުކޮށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި ޣައްޒާ އަށް ބޮން އަޅައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި މެދު ނުކެނޑި ފަލަސްތީނުގައި ނުރައްކާތެރި ހަމަލާތައް ދަނީ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް