ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 10:25
އަލް ނަސްރު އަދި އަބްހާ ކުޅުނު މެޗުގެ ތެރެއިން
އަލް ނަސްރު އަދި އަބްހާ ކުޅުނު މެޗުގެ ތެރެއިން
އަލް ނަސްރު
ސައުދީ ޕްރޯ ލީގު
އަބްހާ އިން އަލް ނަސްރާ އެއްވަރު ކޮށްފި
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަސްރުން

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން އަބްހާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަސްރުންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ އޮޓާވިއޯ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބްރެޒިލްގެ ޓަލިސްކާ ވަނީ އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްހާ އިން ވަނީ ލަނޑެއް ޖަހައި އެއް ލަނޑަށް ފަރަގު ކުޑަކޮށްފަ އެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ސާދް ބުޚައިރް އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އަބްހާ އިން ކުރި މަސައްކަތް ކާމިޔާބުވީ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކާލް ޓޮކޯ އެކަމްބީ އެވެ.

މި ނަތީޖާ އާއެކު އަލް ނަސްރު އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އެއީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. އެ މެޗުން މޮޅުވެ، ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ވެސް އަލް ނަސްރަށް އޮތެވެ. މެޗުން ލިބުނު އެއް ޕޮއިންޓާއެކު، ނުވަ މެޗުން ޖުމުލަ ހަތް ޕޮއިންޓު ހޯދައިގެން އަބްހާ އޮތީ ލީގު ތާވަލްގެ 15 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް