ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 16:17
"ލެތުން އަދި ޚަބީރުންގެ ޕޯޓަލް އެވެއަރނަސް" ސެޝަން
"ލެތުން އަދި ޚަބީރުންގެ ޕޯޓަލް އެވެއަރނަސް" ސެޝަން
ޕީޖީ އޮފީސް
ލެތުން އަދި ޚަބީރުންގެ ޕޯޓަލް
"ލެތުން އަދި ޚަބީރުންގެ ޕޯޓަލް އެވެއަރނަސް" ސެޝަން ބާއްވައިފި
ޖުމްލަ 210 ބޭފުޅުން މި ސެޝަންގައި ބައިވެރިވި

"ލެތުން އަދި ޚަބީރުންގެ ޕޯޓަލް އެވެއަރނަސް"ގެ ނަމުގައި ބުރާސްފަތި ދުވަހު އޮންލައިން ސެޝަނެއް ބާއްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މި ސެޝަންގައި ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ގާޒީންނާއި އިދާރީ މުވައްޒަފުން، އަދި ހުރިހާ އަތޮޅެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން މެޖިސްޓްރޭޓުންނާއި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 210 ފަރާތަކުން ބައިވެރިވިކަމަށް އެ އޮފީހުން ބުންޏެވެ.

މި ސެޝަން ޕީޖީ އޮފީހުން ބާއްވާފައިވާއިރު، ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް އިނގިރޭސި ބަހުންވެސް ވަނީ ލޯންޗުކޮށްފައެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭގޮތުގައި، މި ޑޭޓާބޭސް މެދުވެރިކޮށް، ގާނޫނުތަކާއި ގަވާއިދުތަކުގެ މާއްދާތައް ވަގުތުން ސަރޗް ކޮށްލެވޭނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި އެކި ކީވޯރޑުވެސް ވަކިން ސަރޗްކޮށް، އެ ކީވޯރޑަކާގުޅޭ ފަހުގެ ގާނޫނުތަކާއި ގަވާއިދުތައް ބެލޭނެއެވެ.

މި ޑޭޓާބޭހާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މަތީ މަރުހަލާގެ ކޯޓުތަކުން ކުރާ ހުކުމްތައް ޕީޖީ އޮފީހަށް ލިބުމުން، ވަގުތުން ޑޭޓާބޭހަށް އަޕްޑޭޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އޭގެ އިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އެމީހުންގެ މައްސަލަ ގޮސްފައިވާ ހިސާބާއި، މައްސަލައިގައި އެހީ ހޯދަން އަމަލުކުރަންވީ ގޮތް ވަގުތުން ބަލައިލެވޭގޮތަށް މި ޑޭޓާބޭސް ތަރައްގީކުރުމުގެ ފަހުގެ ފިޔަވަހީގައި މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އެ އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް