ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 10:30
 ސީތާރާމް ޕަންޗަލް
ސީތާރާމް ޕަންޗަލް
ގޫގުލް
ސީތާރާމް ޕަންޗަލް
އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ
ކިޑްނީގައި ކެންސަރު ޖެހިފައިވާކަން އެނގިފައިވާތާ މިހާރު ގާތްގަނޑަކަށް ތިން އަހަރު ވަނީ ވެފައި

އިންޑިއާގެ އެކްޓަރ ސީތާރަމް ޕަންޗަލް އަށް ކިޑްނީގެ ކެންސަރު ޖެހިއްޖެއެވެ.

އޭނާ ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ އޭނާގެ ކިޑްނީއަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވާތާ މިހާރު ގާތްގަނޑަކަށް ތިން އަހަރު ވެފައިވާކަމަށެވެ. އަދި އޭނާގެ ހާލަތު  މިހާރު ވަރަށް ގޯސްވެފައިވާކަމަށް ބުނެފައިވެއެވެ. ސިތާރަމް ބުނީ އޭނާއށް ކެންސަރު ޖެހުމުންވެސް އެކްޓް ކުރި ކަމަށާއި އެކަން އޭނާ ކުރީ ކާންބޯން ކުރާ މަސައްކަތެއް ގެ ގޮތުގައި ކަމަށެވެ. އަދި އޭނާއަށް ލާރި ހޯދަން އެނޫން ގޮތެއް ނެތްކަމަށްވެސް ސިތާރަމް ވަނީ އިންޑިއާގެ ހިންދުސްތާން ޓައިމްސްގައި ބުނެފައެވެ.

ސިތާރަމްގެ ހާލަތު މިހާރު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސް ވަމުންކަމަށާއި މިހާރު އެދުމަތި ވެފައިވާކަމަށް އަންހެނުން ބުނެފައިވާކަމަށްވެސް އެނޫހުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިތާރަމް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި އޭނާގެ ކެންސަރު ބައްޔަށް އެހީވުމަށް އިންޑިއާގެ ފިލްމީ ދާއިރާގެ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

ސިތާރަމް ވަނީ ހިނދީ ފިލްމު "ޕީޕްލީ ލައިވް"،"ޖޮލީ އެލްއެލްބީ"،"ޕާން ސިންގް ތޯމަރު"، "ބެންޑިތު ކުއީން"، "ސްލަމްޑޯގް މިލިނަޔާ"، އަދި "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" އިން ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް