ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 07:43
ފަރަށް އެރި ލޯންޗު
ފަރަށް އެރި ލޯންޗު
އެމްއެންޑީއެފް
ލޯންޗެއް ފަރަށް އެރުން
ފަރަށް އެރި ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
ލޯންޗް ފުންކުރެވިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 21:40 ހާއިރު

މާލެ އަތޮޅު، ކުލަބު އަދާރަން ރަންނާޅި ރިސޯޓްގެ އިރުއުތުރުން 2.53 ނޯޓިކަލް މޭލު ބޭރުގައި އޮތް ފަރަކަށް އެރި ލޯންޗަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ހޮނިހިރު ދުވަހުގެ ރޭ 19:32 ހާއިރު ލިބުމާއެކު މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް، ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

މިގޮތުން ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ ލޯންޗް ފުންކުރެވިފައި ވަނީ 21:40 ހާއިރުއެވެ. "ޑީޓުއަރ ޓްރަވެލްސް" ނަމަކަށް ކިޔާ މި ލޯންޗް ފަރަށް އެރިއިރު ދެ ފަސިންޖަރުންނާއި ދެ ކުރޫންނާއެކު ޖުމްލަ 4 މީހުން މި ލޯންޗުން ދަތުރުކުރިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު، މި ލޯންޗް ފުންކުރުމަށްފަހު ލޯންޗްގެ ހަލް ޗެކްކޮށް ލިބިފައިވާ ގެއްލުން ބަލައި ދަތުރުކުރުގެ ހުއްދަ ދިނުމުން މި ލޯންޗް ވަނީ މާލެ އައުމަށް ދަތުރު ފަށާފައެވެ. މީގެ އިތުރުން މި ލޯންޗުން ދަތުރުކުރި ދެ ފަސިންޖަރުން މާލެ އޭރިއާ ކޮމާންޑް ކޯސްޓާގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗްގައި 22:31 ހާއިރު ވަނީ މާލެ ގެނެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް