ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 05:22
ސިފްކޯ ހިޔާ ފްލެޓް
ސިފްކޯ ހިޔާ ފްލެޓް
އެމްއެންޑީއެފް
ސިފްކޯ ހިޔާ
ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފެލެޓް ދޭނެ ފަރާތްތައް ވަނީ މާކުރިން އިއުލާންކޮށްފައި: އެމްއެންޑީއެފް
ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނެސް ފްލެޓް ދެނީ 10 ފަރާތަކަށްކަމަށް ބުނެ ގެނެސްދީފައިވަނީ ހަގީގަތާއި ޚިލާފު ދޮގު ޚަބަރެއް
ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ މާކްސްތަކާއެކު މިއަހަރުގެ ޖުލައި 24 ގައި ސިފައިންގެ މަރުކަޒުތަކުގައި އިއުލާންކުރެވިފައިވޭ

ސިފްކޯ ހިޔާ އަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލުގެނެސް މިހާރު ފްލެޓް ދެނީ އެންމެ 10 ފަރާތަކަށް ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ 29 ސެޕްޓެމްބަރ ގައި "ދިޔަރެސް" އިން ގެނެސްދީފައިވާ ޚަބަރުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގާތްވެފައިވަނިކޮށް ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނެސް ފްލެޓް ދެނީ 10 ފަރާތަކަށްކަމަށް ބުނެ ގެނެސްދީފައިވަނީ ހަގީގަތާއި ޚިލާފު ދޮގު ޚަބަރެއްކަމަށެވެ.

Advertisement

އެކަން ދޮގުކޮށް އެމްއެންޑީއެފުން ބުނީ ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ ރިޔާސީ އިންތިޚާބުގެ މާކުރިން މިފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލެވުނު ކޮމިޓީގެ ރެކޮމެންޑޭޝަންތަކާއި އެއްގޮތަށްކަމަށެވެ. އަދި މިފަރާތްތަކަށް ލިބިފައިވާ މާކްސްތަކާއެކު މިއަހަރުގެ ޖުލައި 24 ގައި ސިފައިންގެ މަރުކަޒުތަކުގައި އިއުލާންކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެހެންކަމުން ގައުމީ ދިފާއީ ބާރުގެ އެކި ކަންކަމާއި ގުޅުވައިގެން ކަންކަމުގެ ހަގީގަތް އޮޅުވާލައި މުއައްސަސާގެ ނަން ކިލަނބުކޮށްލުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް