ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 19:37
އުމަރުގެ ރަނިންމޭޓު މާޒް ސަލީމް ރައީސް ސާލިހާއެކު
އުމަރުގެ ރަނިންމޭޓު މާޒް ސަލީމް ރައީސް ސާލިހާއެކު
އަދަދު
މާޒް ސަލީމް އެމްޑީޕީއަށް
އުމަރުގެ ރަނިން މޭޓު މާޒް ސަލީމް ރައީސް ސާލިހަށް ތާއީދުކުރައްވަން ނިންމަވައިފި
ކެމްޕޭނާ ސަލީމް ގުޅިވަޑައިގަތީ ބުރާސްފަތި ދުވަހު، ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތުގައި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައައި އަމިއްލަގޮތުން ވާދަކުރައްވައި، ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރުގެ ރަނިން މޭޓު އަހުމަދު ސަލީމް (މާޒް ސަލީމް)، އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

އޭނާ ރައީސަށް ތާއީދުކުރައްވައި ރިޔާސީ ކެމްޕޭނާ ސަލީމް ގުޅިވަޑައިގަތީ ބުރާސްފަތި ދުވަހު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތުގައެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ސަލީމްގެ ތާއީދު، ދެވަނަ ބުރުގައި ރައީސަށް ދެއްވި ނަމަވެސް، އުމަރު ނަސީރު ނިންމެވީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުއްވުމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު އޮންނައިރު، ފުރަތަމަ ބުރުގައި ރައީސް ސާލިހަށް ލިބިވަޑައިގަތީ ދެވަނައެވެ. އެއްވަނާގައި އިދިކޮޅު ކެންޑިޑޭޓު މުއިއްޒު އުޅުއްވާއިރު، ތިންވަނައަށް ދިޔަ ޑިމޮކްރެޓްސް، ހަތަރުވަނައަށް ދިޔަ އުމަރު، އަދި ފަސްވަނައަށް ދިޔަ ޖޭޕީންވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް