Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:47
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވާނީ ހުރިހާ މަރުޙަލާތަކުގައި މަޝްވަރާކުރެވޭ ގޮތަށް: ޕީޖީ އޮފީސް
އެ އޮފީހުގެ މަސައްކަތަކީ ޖަވާބުދާރީ ކުރުވަނިވި ނިޒާމަކުން ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރެވޭ
ދެފުއްފެންނަ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި އެ އޮފީހުން ގެންގުޅޭ ވަކި ހަމަތަކެއް ހުރޭ

ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވާނީ ހުރިހާ މަރުޙަލާތަކުގައި މަޝްވަރާކުރެވޭ ގޮތަށްކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރުގައި ޝާއިއުކޮށްފައިވާ ގޮތުގައި ޖިނާއީ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި އެއްގޮތް އުޞޫލުތަކެއް ހިފަހައްޓައި, ހަރުދަނާ, ނަޒާހާތްތެރި އަދި ދެފުއްފެންނަ ގޮތުގައި އެ މަސައްކަތް ކުރުމަށްޓަކައި އެ އޮފީހުން ގެންގުޅޭ ވަކި ހަމަތަކެއް ހުރެއެވެ.

Advertisement

އޭގެ ތެރެއިން އެންމެ މުހިންމު އެއް ހަމައަކީ ޖިނާއީ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓަރުން އަޅާ ކޮންމެ ފިޔަވަޅެއް ފައިނަލް ވުމުގެ ކުރިން އިތުރު ރަޢުޔެއް ހޯދުންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕްރޮސިކިއުޓަރ މައްސަލަ ދިރާސާކުރުމަށްފަހު، އެ ޕްރޮސިކިއުޓަރަކަށް ފެންނަ ފިޔަވަޅެއް އެޅުމަށްފަހު، އެ ޕްރޮސިކިއުޓަރަކަށް ކަނޑައެޅިފައިވާ ޔުނިޓު ހެޑުގެ ރިމާރކްސްއަށް ފޮނުވެއެވެ. ޕްރޮސިކިއުޓަރ އެޅި ފިޔަވަޅާމެދު ޔުނިޓު ހެޑް އެއްބަސްވާނަމަ، އެ ފިޔަވަޅު ޔުނިޓުގެ އޯވަރއޯލް އިންޗާރޖްގެ އެޕްރޫވަލްއަށް ފޮނުވެއެވެ. އެއްވެސް ފިޔަވަޅެއް ފައިނަލްވާނީ އެ ހުރިހާ ލެވަލްތަކުން ޕްރޮސިކިއުޓަރ އެޅި ފިޔަވަޅަށް އެއްބަސްވެވޭނަމައެވެ. ޕްރޮސިކިއުޓަރާއި ޔުނިޓު ހެޑުންނާ ދެމެދު ދެބަސްވުމެއް އޮތްނަމަ، ދެބަސްވާ ކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްއާ މަޝްވަރާކުރެވި، ދެފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަވައެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރު

ޕީޖީ އޮފީހުން ބުނީ، މައްސަލައެއްގައި ދަޢުވާކުރުމަށް ނިންމިޔަސް، ނުކުރުމަށް ނިންމިޔަސް، ނުވަތަ މީހަކު ފޮނުވި ސިޓީއަކަށް ޖަވާބުދިނަސް މި ހުރިހާ މަރުޙަލާތަކުގައި މަޝްވަރާ ކުރެވޭނެކަމަށެވެ. އެގޮތުން އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވާނީ މިނޫން ގޮތަކަށް މިކަން ނުކުރެވޭގޮތަށްކަންވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޕީޖީ އޮފީހުން ނިންމާ ކޮންމެ ނިންމުމެއް، އެ ނިންމި ސަބަބާއެކު ރެކޯޑު ކުރެވޭނެކަމަށާއި، އަދި އެ ނިންމުމާ ދެބަސްވާ މީހުން ދެބަސްވާކަންވެސް ސަބަބާއެކު ލިޔަންޖެހޭކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެގޮތަށް ޢަމަލުކުރުމުން އެ އޮފީހުގެ މަސައްކަތަކީ ޖަވާބުދާރީ ކުރުވަނިވި ނިޒާމަކުން ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރެވި، އަދި މަސައްކަތް ނަޒާހާތްތެރިކަން ހިފެހެއްޓޭކަންވެސް ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް