ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:45
އެއަރ ކާގޯއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތި
އެއަރ ކާގޯއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
އެއާރ ކާގޯ ޝިޕްމަންޓެއްގައި ރާއްޖެއެތެރެކުރަން އުޅުނު 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މިތަކެތީގެ މަގުމަތީ އަގު 5,024,410.00
އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާ ކަމަށް ކަސްޓަމަސް އިން ބުނޭ

އެއާރކާގޯ ޝިޕްމަންޓެއްގައި ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ 18 ސެޕްޓެންބަރު ވަނަ ދުވަހު ދުބާއީ އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ކަސްޓަމްސް އިން އެ ޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރޭގައި ޖުމްލަ 7 ޕެކޭޖު ހިމެނޭއިރު، އޭގެ ތެރެއިން 2 ޕެކޭޖުގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމަސް އިން ބުނެއެވެ.

ކަސްޓަމަސްއިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.030 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު 5,024,410.00 (ފަސް މިލިއަން ސައްވީސްހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ) ރުފިޔާއަށް އަރާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާ ކަމަށް ކަސްޓަމަސް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް