Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 05:27
އިމިގްރޭޝަން
އިމިގްރޭޝަން
އިމިގްރޭޝަން
މުއިއްޒުގެ ދޮންމަންމާފުޅު
މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެ ނާދެވޭގޮތް ހެދީ ގާނޫނާ ހިލާފަށް، ކަންހިނގާފައިވާ ގޮތް ދަނީ ބަލަމުން: އިމިގްރޭޝަން
ސްކީލަން އަށް ރާއްޖެ އެތެރެނުވެވޭގޮތަށް އެންޓްރީ ބްލޮކްކޮށްފައިވާކަން ސަމާލުކަމަށް އައީ ދާދިފަހުންކަމަށް އިމިގްރޭޝަނުން ބުނޭ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެ ނާދެވޭ ގޮތަށް ބްލޮކް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މުއިއްޒުގެ ދޮންމަންމާފުޅު، ސްރީ ލަންކާއަށް ނިސްބަތްވާ ސްކީލަން ހުސައިންއަށް އެނބުރި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލާފައިވާ ކަމަށް ބުނެފައިވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއެއްގައެވެ.

އެކަމާއި ގުޅިގެން އިމިގްރޭޝަންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދޭތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން އިމިގްރޭޝަނުން ބުނީ، ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް މޯލްޑިވްސް އިމިގްރޭޝަންގެ ތެރެއިން ސްރީލަންކާގެ ރައްޔިތެއްކަމަށްވާ މިސް ޖީ.އެން.އީ.އައި. ސްކީލަން ހުސައިން ރާއްޖެ އެތެރެނުވެވޭގޮތަށް އެންޓްރީ ބްލޮކްކޮށްފަވާކަން ސަމާލުކަމަށް އައީ ދާދި ފަހުންކަމަށެވެ. އެ ވަގުތުން ފެށިގެން އެ ކަންހިނގާފައިވާ ގޮތް ބަލާ ތަހުގީގުކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

ސްކީލާން ބްލެކްލިސްޓް ކުރީ އިންސާނީ ވަގުފާރީގެ މައްސަލައެއްގައެވެ. އެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީއަކުން ސްކީލާން އަށް ޖަވާބު ދީފައި ވިޔަސް އޭނާއާ ގުޅޭ އެފަދަ މައްސަލައެއް ބަލައިފައެއް ނެތެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ސްކީލަން އަށް ކޮށްފައިވާ ތުހުމަތާ ގުޅޭ މައްސަލައެއް ފުލުހުންނަށް ވެސް އެއްވެސް އިރަކު ހުށަހަޅާފައިނުވާކަމަށާއި އޭނާއާ ގުޅޭ އެފަދަ މައުލޫމާތެއް ވެސް ލިބިފައިނުވާކަމަށެވެ.

ސްކީލާން ބްލެކްލިސްޓްކޮށްފައިވަނީ އޭނާގެ ދޮންދަރި ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ބާރުގެ ބޭނުންކޮށްގެންކަމަށް އޭނާ ތުހުމަތުކުރެއެވެ. އެތުހުމަތުތަކަށް ރައްދުދެއްވާ މުއިއްޒު ވިދާޅުވެފައިވަނީ ދުވަހަކުވެސް ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއްނުކުރައްވާކަމަށާއި މީހެއްގެ ހައްގަކަށް އަރައިގަނެފައިނުވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް