ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 21:15
މާފަންނު ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
މާފަންނު ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
މާލޭގެ ދޮރުން ދޮރަށް ހަރަކާތްތައް
މާލޭގެ ދޮރުން ދޮރަށް ހަރަކާތްތައް ނިމުމަކާއި ގާތަށް - ރައީސް ހުންނެވީ ވަރަށް އުންމީދާއި އެކު
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތް ހޮނިހިރު ދުވަހު ބާއްވާފައިވޭ
އިންތިޚާބާއި ގުޅޭ ސަރވޭތައް ވެސް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި
ރައީސް ޞާލިހު ވިދާޅުވީ މޮޅުވާނީ ކިހާ އިންސައްތައަކުން ކަން އަދި ހިސާބުޖައްސަވަން ދަތި ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މާލެއިން ބަދަލުތަކެއް ފެންނާނެ ކަަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު މާފަން ދެކުނުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ދޮރުން ދޮރަށް ހަރަކާތްތައް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އަންނަނީ ކަމަށެވެ. އަދި ގުޅިފަިއވާ ޕާޓީތަކުގެ ކެމްޕެއިނާއި އެހެން ޕާޓީތަކުން ވަރަށް ގިނަ ބަޔަކު ގުޅެމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިހާރު ތަފާތު ފެންނަ ކަމަށާއި 30 ވަނަ ދުވަހު ނުކުމެ އެންމެން އެމަނިކުފާނަށް ވޯޓުލުމަށް އެދިލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ވާނެ ކަމުގެ އުންމީދުގައި ހުންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަދަލު އެބަ ފެނޭ. އިރާދަކުރެއްވިއްޔާ މޮޅުވާނެ. އަޅުގަނޑުގެ އެދުމަކީ 30 ވަނަ ދުވަހު ވަޑައިގެން އަޅުގަނޑަށް ވޯޓުދެއްވުން
ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މޮޅުވާނީ ކިހާ އިންސައްތައަކުން ކަން އަދި ހިސާބުޖައްސަވަން ދަތި ކަމަށެވެ. ސަބަބަކީ އަދިވެސް ހިޔާލު ހޯދުމުގެ ޕޮލްތައް ކުރިއަށް ދިއުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބާއި ގުޅޭ ސަރވޭތައް ވެސް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވައުދުތައް އިތުރަށް ތަފްސީލްކޮށް ދެއްވުމުން އެކަމަށް ލިބުނު އިޖާބަ ވަރަށް ރަނގަޅު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތް ހޮނިހިރު ދުވަހު ބާއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް