ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 21:09
އަމާލް ކުލޫނީއަކީ ސޫދާންގައި ވެރިރަށް ދާރުފޫރުގައި ހިންގަމުންދާ ގަޑުބަޑުގެ ކަންކަން ބެއްލެވުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)އިން ކަނޑައަޅާފައި ހުންނަވާ ޕްރޮސެކިއުޓަރަށް ލަފާ އަރުވާ މުޝީރެއ
އަމާލް ކުލޫނީއަކީ ސޫދާންގައި ވެރިރަށް ދާރުފޫރުގައި ހިންގަމުންދާ ގަޑުބަޑުގެ ކަންކަން ބެއްލެވުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)އިން ކަނޑައަޅާފައި ހުންނަވާ ޕްރޮސެކިއުޓަރަށް ލަފާ އަރުވާ މުޝީރެއ
ރޮއިޓާސް
އަމާލް ކުލޫނީ
އަމާލް ކުލޫނީ މި ފަހަރު މި ކިޔަނީ ކީކޭ ބާ؟
ކުރިމަތިލުންތަކާއި ހަމަލާ ބަދަލު ކުރުންތައް ފެށީ، ސޫދާންގެ މައި އަސްކަރިއްޔާ (އެސްއޭއެފް)އާއި ޕެރާމިލިޓްރީ އާރްއެސްއެފްގެ ފައުޖުތަކާ ދެމެދު އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން
ސޫދާންގައި މި ފަހުން އުފެދިގެން އުޅޭ ކުރިމަތިލުންތައް ފެށުނީ އޭޕްރިލް މަހުގެ މެދެއްހާ ހިސާބުގައި

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަސް ވެގެން ދަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައި ވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ބައިނަލްއަޤުވާމީ ޕޯޑިއަމްތަކާއި ވަށްމޭޒު ބައްދަލުވުންތަކުގައި އެންމެ ހޫނުކޮށް ބަޙުސް ކުރެވިގެންދާ މަހަކަށެވެ. އެ މަޝްވަރާތަކާއި ބަޙުސްތައް ކުރިއަށް ދަނީ އަހަރަކު އެއް ފަހަރު އޮންނަ، އދގެ މެންބަރު ޤައުމުތަކުގެ އާންމު ބައްދަލުވުން ނުވަތަ ޔޫއެންޖީއޭގެ މައި ބައްދަލުވުމާއި ހަވާސާ ބައްދަލުވުންތަކުގެ ތެރޭގައެވެ. ޤައުމުތަކުގެ އިސްވެރިންގެ ތަޤުރީރުތަކުގެ އިތުރުން، އިންސާނީ ޙައްޤުތަކާއި އެނޫންވެސް އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ މޭސްތިރިކަމުގެ ދަށުން މުހިންމު އެތައް ބައްދަލުވުމެއް، ޔޫއެންޖީއޭގެ ހަވާސާގައި ހިނގައެވެ.

ސެޕްޓެމްބަރ 21 ވަނަ ދުވަހަކީ ޔޫއެންޖީއޭގެ އާންމު ބަޙުސް ކުރިއަށް ގެންދިޔ 3 ވަނަ ދުވަހެވެ. ޤައުމުތަކުގެ އިސްވެރިންގެ ބަޙުސް ކުރިއަށް ދިޔަ އިރު، މަތީ ފަންތީގެ ބައްދަލުވުންތައް ހަވާސާގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެފަދަ އެއް ބައްދަލުވުން މޮޑަރޭޓް ކުރީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އެތައް ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައި ވާ ވަކީލު، އަމާލް ކުލޫނީއެވެ. މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރީ ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ދިގުލައި ގޮސްފައި ވާ ސޫދާންގައި އިންސާފު ޤާއިމު ކޮށް، ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރެވެނޭ ގޮތްތަކުގެ މައްޗަށެވެ.

ސޫދާންގައި މި ފަހުން އުފެދިގެން އުޅޭ ކުރިމަތިލުންތައް ފެށުނީ އޭޕްރިލް މަހުގެ މެދެއްހާ ހިސާބުގައެވެ. އަމާލް ކުލޫނީއަކީ ސޫދާންގައި ވެރިރަށް ދާރުފޫރުގައި ހިންގަމުންދާ ގަޑުބަޑުގެ ކަންކަން ބެއްލެވުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)އިން ކަނޑައަޅާފައި ހުންނަވާ ޕްރޮސެކިއުޓަރަށް ލަފާ އަރުވާ ޚާއްޞަ މުޝީރެކެވެ. އެ މޭރުމުން އަމާލް ކުލޫނީ ވަނީ ދާރުފޫރުގައި ހިންގަމުންދާ ހަމަނުޖެހުންތައް، އދގެ ހަވާސާ ބައްދަލުވުމަށް ސިފަކޮށްދީފައެވެ.  

މިއަހަރުގެ އޭޕްރީލް މަހު އަނެއްކާވެސް ދާރުފޫރަށް ވަނީ ހަނގުރާމަ ފެތުރިފަ. ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ހޯދަމުންދާ ކުރީގެ ރައީސް އުމަރު އަލް ބަޝީރު، ސުލްހަވެރި މުޒާހަރާއެއްގެ ހަރަކާތަކުން މަގާމުން ދުރުކުރިތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެއްޖެ. އޭގެ ފަހުން 5،000 މީހުން މަރުވެ، 12،000 މީހުން ޒަޚަމްވެއްޖެ. ރޭޕް އާއި ގޭންގް ރޭޕްގެ ޖަރީމާ އެބަ ހިންގާ. އާންމު ތަންތަނުގައި ހިނގާ ބައެއް ހާދިސާތަކާއި ބައެއް ހާދިސާތަކުގައި 12 އަހަރުގެ ކުދިން ބައިވެރިވާ ރިޕޯޓްތައް ވެސް އެބަ ލިބޭ.
އަމާލް ކުލޫނީ؛ ޤާނޫނީ ވަކީލެއް

ވަރުގަދަ އުތުރިއެރުމެއްގައި ސޫދާންގެ ރައީސް ކަމުގެ މަޤާމުން ޢުމަރު އަލް-ބަޝީރު ދުރުކުރެވުނުތާ 4 އަހަރު ފަހުން، ސޫދާންގައި އަނެއްކާވެސް ހަނގުރާމައިގެ ކުރިމަތިލުންތައް ފެށުނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. ކުރިމަތިލުންތަކާއި ހަމަލާ ބަދަލު ކުރުންތައް ފެށީ، ސޫދާންގެ މައި އަސްކަރިއްޔާ (އެސްއޭއެފް)އާއި ޕެރާމިލިޓްރީ އާރްއެސްއެފްގެ ފައުޖުތަކާ ދެމެދު އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިންނެވެ. އެސްއޭއެފްއާއި އާރްއެސްއެފްއަކީ 2021 ވަނަ ގުޅިގެން ބަޣާވާތެއްވެސް ކުރި 2 ފައުޖު ކަމަށް ވާ އިރު، އޭޕްރިލް މަހުގެ ކުރިމަތިލުންތައް ފެށުނީ، ސޫދާންގައި މަދަނީ ވެރިކަމެއް ޤާއިމު ކުރުމުގެ މަރުހަލާއަށް ވާސިލުވާނެ ގޮތެއްގެ ޕްލޭނާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

މީ މީގެ ކުރިންވެސް ފެނިފަ އޮތް މުސީބާތެއް. މީގެ ވިއްސަކަށް އަހަރު ކުރިންވެސް، މި ބަޙުސް ހަމަ މި ގޮތަށް ކުރެވުނީސް. އަމާޒުކޮށްގެން ނަސްލީ އަނިޔާވެރިކަން ހިންގުމާއި، ރަށްތައް އަންދާލުމާއި، ގިނަ ބަޔަކު މަރާލުމާއި، އާންމުން ފިލައިގެން ދިއުން – އެއީ މީގެ ވިއްސަކަށް އަހަރު ކުރީގެ ދާފޫރުގެ ޙާލަތު. އަދި މިހާރު މި ބިރުވެރި ހުވަފެން އަނެއްކާވެސް އެ ދަނީ ޙަޤީޤަތަކަށް ވަމުން. އެއީ ކީއްވެ؟ އެންމެންނަށްވެސް އެނގޭ، އެއީ އެ ޖަރީމާތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ދުވަހަކުވެސް އެ ޖަރީމާތަކަށް ޖަވާބުދާރީވާން މަޖުބޫރުވެފައި ނުވާތީކަން.
އަމާލް ކުލޫނީ؛ ޤާނޫނީ ވަކީލެއް

އަމާލް ކުލޫނީ މޮޑަރޭޓް ކުރަމުން ދިޔަ މަތީ ފަންތީގެ ހަވާސާ ބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ޑިޕްލޮމެޓުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާއިން އދއަށް ކަނޑައަޅާފައި ތިއްބަވާ މަންދޫބުންނާއި، އައިސީސީގެ ޕްރޮސެކިއުޓަރުގެ އިތުރުން، ސޫދާންގައި ހުންނަވާ އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައިކޮމިޝަނަރާއި، މަދަނީ ޖަމިއްޔާތަކުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މަޝްވަރާ ހޮސްޓް ކޮށްފައި ވަނީ ކެނެޑާ، ގެމްބިއާ، ނޯވޭ، އެމެރިކާ އަދި އިނގިރޭސިވިލާތުންނެވެ.

ސޫދާންގެ ޞިއްޚަތާ ބެހޭ ވުޒާރާއާއި އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ހިނގާ ސެޕްޓެމްބަރު މަހާ ހިސާބަށް އެކަނިވެސް ސޫދާންގެ ހަމަނުޖެހުން ގަނޑުގައި 4000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. ހަމަނުޖެހުންތަކާއި ހަމަލާ ބަދަލުކުރުންތަކުގައި ޒަޚަމްވީ މީހުންގެ ޢަދަދު 12000 އަށް އަރާފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެތައް ބައެއްގެ ގެދޮރު ގެއްލިފައި ވާ އިރު، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި ސޫދާންގެ އަވަށްޓެރި ޤައުމުތަކަށް ހިޖުރަވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް