ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 07:58
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ރާއްޖެއެމްވީ
ހައިކޯޓާއި ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުން
ހައިކޯޓާއި ގުޅޭ ގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި
ނޫސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރަން
ފަނޑިޔާރުންނާއި ކޯޓުގެ މަސައްކަތާއި ގުޅޭގޮތުން ދަނީ ހަގީގަތް އޮޅޭގޮތަށް ޚަބަރު ފަތުރަމުން
އަނެކާގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކުރަން ޖެހޭ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއ،ި ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އެކޯޓުން އިލްތިމާސްކޮށްފިއެވެ.

ހައިކޯޓުން ބުނީ ޚަބަރު ފެތުރުމުގައި ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު މަސައްކަތްކޮށް، ރައްޔިތުންނަށް ހައިކޯޓުގެ ޝަރީއަތްތަކުގެ ޚަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ޚަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައިކޯޓުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަކީ އަނެކާގެ ހައްޤުތަކާއި މުޖުތަމައުގެ ހައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރަން ޖެހޭ ޒިންމާދާރު މިނިވަންކަމެއް ކަމަށެވެ.

ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލުތަކާ ޚިލާފަށް ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް އަދި ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ޚަބަރު ފަތުރަމުން ނުގެންދިއުމަށް އިލްތިމާސްކޮށް ހައިކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް