Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 21:02
ބޭރުގެ މަސް ބޯޓެއް ހިފެހެއްޓުން
ބޭރުގެ މަސް ބޯޓެއް ހިފެހެއްޓުން
އެމްއެންޑީއެފް
ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރުން
ގަވާއިދާ ޚިލާފަށް މަސް ބާނަމުންދިޔަ ލަންކާގެ 4 ބޯޓެއް އަތުލައިގެންފި
މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އދ.މަހިބަދޫ "އަސުރުމާ" މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ އަތުލައިގަތީ ސްރީލަންކާގެ ބޯޓުތަކެއްކަމަށެވެ. މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އދ.މަހިބަދޫ "އަސުރުމާ" މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ މަޢުލޫމާތުގެ އަލީގައި ފެށި އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަންކުރާ ބޭރުގެ އުޅަނދުތައް ހިފަހައްޓައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް