Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 15:40
ފަޒްނާ ދޮރުން ދޮރަށް ހިޔާ ފްލެޓްތަކަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގަން މަސައްކަތްކުރުން
ފަޒްނާ ދޮރުން ދޮރަށް ހިޔާ ފްލެޓްތަކަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގަން މަސައްކަތްކުރުން
ފަސްޓްލޭޑީ ދޮރުން ދޮރަށް ވަޑައިގަތުން
ފަސްޓްލޭޑީ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތަށް ހުރަސްއެޅުން، އެޗްއާރްސީއެމްއިން ކުށްވެރިކޮށްފި
އިންތިޚާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް
ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު، ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަހައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސްއެޅި އެޅުން، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކުށްވެރިކޮށްފިއެވެ.

އެކަން ކުށްވެރިކޮށް ކޮމިޝަނުން ބުނީ، އިންތިޚާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ.

ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހުތިރާމް ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަން ފާހަގަކޮށް ކޮމިޝަނުން ވަނީ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހުތިރާމްކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

Advertisement

އޭގެ އިތުރުން، ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނީ، ސިޔާސީ ހަރަކާތްތަކުގައި ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމަށެވެ.

ކޮމިޝަނުން ވަނީ، ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން އެފަދަ އަމަލުތަކަށް ހިތްވަރު ނުދެއްވުމަށް އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް