ހދ. ކުޅުދުއްފުށި ސިޓީ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 15:39
ކުލުދުއްފުށި ޓަވަރަު އަޅާ ސައިޓުގައި އަލިފާން ރޯވެ އަނދަނީ
ކުލުދުއްފުށި ޓަވަރަު އަޅާ ސައިޓުގައި އަލިފާން ރޯވެ އަނދަނީ
ސޯޝަލްމީޑިއާ
ކުޅުދުއްފުށީގައި އަލިފާނުގެ ހާދިސާއެއް
ކުޅުދުއްފުށި ސިޓީގައި ޓަވަރުތައް އަޅާ ސައިޓްގައި އަލިފާން ރޯވެ އަނދަނީ
އަލިފާން ރޯވެފައިވަނީ ހިއްކިބިމުގައި ޓަވަރުތައް އަޅާ ސައިޓްގެ އެކަމަޑޭޝަން ބޮލޮކްގައި
އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ

ކުޅުދުއްފުށި ސިޓީގެ ހިއްކި ބިމުގައި އިމާރާތްކުރަމުންދާ ހައުސިންގ ޓަވަރުތައް އަޅާ ސައިޓުގައި އަލިފާން ރޯވެ އަދަމުން އެބަ ދެ އެވެ.

ސައިޓުގައި ރޯވެފައިވަނީ އެކޮމަޑޭޝަން އަށް ބޭނުންކުރާ ބައެއްގަ އެވެ. އަލިފާން ނިއްވުމުގެ މަސަކަތް އެމްއެންޑީއެފްއިން ކުރަމުން ދާއިރު އެތަނުން ވަރަށް ގިނަ އަދަދެއްގެ ދުންއަރަމުން ދެއެވެ.

Advertisement

އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު މިހާތަނަށް މީހަކަށް އެއްވެސް އަނިޔާއެއް ވީކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ކުޅުދުއްފުށި ހިއްކި ބިމުގައިގައި ހަދާ މި 11 ބުރީގެ 5 ޓަވަރަކީ ސަރުކާރުން އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިންގ ޕްރޮޖެކްޓެވެ. މިޕްރޮޖެކްޓް މިދިޔަ އަހަރުގެ ޖުލައިމަހު، ސަރުކާރުން ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޑެޓްގެ ވެންޗާ ކުންފުނިކަމަށްވާ ޓްވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓަރަކްއާ އެވެ. މިއީ 439 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް